ކޮވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައި ވޮލަންޓިއަރުން ސަރުކާރާ އެކީ ހިތްވަރާއެކު ކޮށްފައިވާ މަސައްކަތަކީ އޭގެ އަގު އަދާނުކުރެވޭ ވަރުގެ އަގުހުރި މަސައްކަތެއް ކަމުގައި ވިދާޅުވެ ވޮލަންޓިއަރުންގެ މަސައްކަތަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ޝުކުރު އަދާކުރަށްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރި ވޮލެންޓިއަރުންނަށް ޝުކުރު އަދާ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައި ވެސް ވޮލަންޓިއަރުން ސަރުކާރާ އެކީ ހިތްވަރާއެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކަށް އެމަނިކުފާނުގެ ހިތްޕުޅުގެ އެންމެ ފުނުން ޝުކުރު އަދާކުރައްވާ ކަމަށާއި އެ މަސައްކަތްތެރިންގެ ހިތްވަރުން ގައުމު ކޮވިޑްގެ ވަބާއިން އަރައިގަނެވެމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.



ވޮލެންޓިއަރުންގެ މަސައްކަތަށް ގައުމު ޝުކުރުވާއިރު އެ ފަރާތްތަކުން ކޮށްދިން ބުރަ މަސައްކަތަކީ އަގު އަދާ ކުރެވޭ ވަރަށްވުރެ މާ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ރައީސް ވަނީ ފާހަގަަކުރައްވާފައެވެ.



ކޯވިޑާއި ގުޅިގެން ސަރުކާރުން މިދިޔަ މެއިމަހުގެ ފަސް ވަނަ ދުވަހު ވޮލެންޓިއަރުން ހޯދަން އިއުލާނު ކުރުމުން އެކަމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ފުރުސަތުގައި 1000 އަށްވުރެ ގިނަމީހުން ވޮލަންޓިއާ ހިދުމަތަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެ ފުރުސަތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދު ވެސް ވަނީ ހުޅުމާލޭ އެޗްއެމްއެފްގައި ވޮލަންޓިއަރެއްގެ ގޮތުގައި އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން