ޤާނޫނުލް އުޤުބާތު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ސަބަބުން ލާދީނީ ގޮވުން ރާއްޖޭގެ މުޖްތަމަޢުގައި އިތުރުވެގެންދާނެކަމަށް ޕީއެންސީގެ ޑެޕިއުޓީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުލް އުޤުބާތު އިސްލާހުކުރުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ ތާއީދެއް ނެތްކަމަށެވެ. އަދި ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އިތުރުވެ، ނަފުރަތުކުރާ މީހުން ގިނަވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ސަބަބުން ލާދީނީ ގޮވުން އިތުރުވެދާނެކަމަށެވެ. އަދި ލާދީނީ ގޮވުން މަދުކުރެވޭނީ މީހުން ހޭލުންތެރިކޮށްގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހެދުމަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާޙާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު މި ބިލް މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅަށް ދީނީ ޖަމުޢިއްޔާ ތަކާއި، ކައުންސިލްތަކާއި، ސިޔާސީ ޕާޓީތަކުން ވަނީ ތެދުވެފައެވެ. އަނެއްކޮޅުން އެބިލު ފާސްކުރުމަށް ބާރުއެޅުމުގެ ގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ބިލްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުންނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން