ލާދީނީ ބިލާއި ދެކޮޅަށް ހުރިހާ ޕާޓީތަކުގެ މެމްބަރުންވެސް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަލަފު ޖަމިޢްޔާގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީރު މިހެން ވިދާޅުވެފައި މިވަނީ، ލާދީނީ ގޮވުން ހުއްޓުވާ ބިލާއިދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަލީ ރަމީޒު ވިދާޅުވީ ހީލަތްތެރި ސެކިއުލަރ ބިލާއި ދެކޮޅަށް ހުރިހާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އަޑުއުފުލައި ބަޔާންތަކުގައި ސޮއިކުރަމުން ދިއުމަކީ އާދަޔާ ހިލާފު ކަމެއްކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ހިތުގައި އިސްލާމް ދީނަށް އޮތް ލޯބި ހާމަކޮށްދޭ އަލިގަދަ ހެއްކެއްކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.



ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދާއިރު، ވެރިކަންކުރާ އެމްޑީޕީގެ އިސް މެންބަރުން ދަނީ އެބިލަށް ތާޢީދު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އެބިލަށް ތާއީދު ހޯދުމަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަންވެސް ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން