ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދައުވާކުރާ މައްސަލަތަކުގެ ތެރެއިން ކާމިޔާބުނުވާ ކޮންމެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފް ކުރަން ނުޖެހޭކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މަޤާމާއި ހަވާލުވިއިރު ޕީޖީ އޮފީހުގައި ގިނަ މައްސަލަތަކެއް ހުރިކަމަށެވެ. އެގޮތުން މައްސަލަތަކުގައި އަމަލުކުރުމުގައި އުސޫލުތަކެއް ނެތްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެގޮތުން އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް އަމަލުކުރެވޭނެ އުސޫލެއް އޮތުން މުހިއްމުކަމަށާއި، މިހާރު ޕީޖީ އޮފީހުން މަސައްކަތްކުރަނީ އެ އުސޫލުންކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް ކުރިން އެކަންކަން އޮންނަނީ ޕީޖީގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ބޭނުންވާ ގޮތަކަށްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދައުލަތުން ދައުވާކުރާ މައްސަލަތަކުގެ ތެރެއިން ކާމިޔާބުނުވާ ކޮންމެ މައްސަލައެއް ކަހަލަ ގޮތަކަށް ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރާކަމަށެވެ. ނަމަވެސް އެގޮތަށް އެކަންކުރުމުން ބޭކާރު ވަގުތުތަކަކާއި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ގްރާމް ހަމަނުވެގެން ނިންމާ މަސްތުވާތަކެތީގެ މައްސަލަ އަޅުގަނޑުމެން ހައިކޯޓުގައި އިސްތިއުނާފްކުރަންޖެހޭކަމަކަށް." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ހައިކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން މުޢާލާތް ކެނޑިފައިހުރި ގިނަ މައްސަލަތަކެއް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕީޖީ އޮފީހުގެ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އެކަންކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އެގޮތުން ޕީޖީ އޮފީހަށް މައްސަލައެއް ލިބޭތާ 6 ދުވަސް ތެރޭގައި މައްސަލައާމެދު ގޮތެއް ނިންމަވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން