ލާދީނީ ގޮވުން ހުއްޓުވުމަށް މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ މަޝްވަރާކޮށްފިއެވެ.

ލާދީނީ ގޮވުން ހުއްޓުވާ ބިލާއި ގުޅޭގޮތުން އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ މަޝްވަރާކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމަށްފަހު އަދާލަތު ޕާޓީން ބުނީ ނަފްރަތުގެ ކުށާއި ގުޅޭގޮތުން މަޖިލިހަށް ހުށަހަޅާފައިވާ ބިލާއިމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކޮށްފައިވާކަމަށެވެ.

މިބިލު ޤާނޫނަކަށް ވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިކަމަށް އަދާލަތު ޕާޓީން ބުނެއެވެ.



ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދާއިރު، ވެރިކަންކުރާ އެމްޑީޕީގެ އިސް މެންބަރުން ދަނީ އެބިލަށް ތާޢީދު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އެބިލަށް ތާއީދު ހޯދުމަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަންވެސް ވަނީ ފަށާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާއި ދީނީ އިލްމުވެރިން ގެންދަވަނީ އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން