އަހުމަދު މަސްނޫމް   20 ޖޫން 2021 - 20:58
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދުދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ހޮވުމަށް ކައުންސިލްގެ މެޖޯރިޓީ ލިބިފައިވާ އިދިކޮޅު ޕީޕީއެމުން ނިންމައިފިއެވެ.

ނަރީޝް ޑެޕިއުޓީ މޭޔަރުގެ މަގާމަށް އައްޔަނު ކުރަން ޕީޕީއެމުން ނިންމީ، އެކަމަށްޓަކައި މާލެ ސިޓީގެ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ނެގުނު ވޯޓަކަށްފަހުއެވެ.

ޕީޕީއެމުން ބުނީ ޑެޕިއުޓީ މޭޔަރ އައްޔަނުކުރުމަށް ނެގި ވޯޓު ކާމިޔާބުކޮށް، އެމަގާމަށް ހޮވުމަށް ފާސްވީ މާފަންނު މެދުދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްގެ ނަންކަމަށެވެ. ނަމަވެސް ވޯޓުގެ ތަފްސީލެއް ޕީޕީއެމަކުން ނުދެއެވެ.



"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރީޝާއެކު 3 ބޭފުޅަކު އެ މަގާމަށް ވާދަކުރިއެވެ. އަދި ޕީޕީއެމްގެ 13 ކައުންސިލަރުންގެ ތެރެއިން 5 ބޭފުޅެއްގެ ވޯޓް ނަރީޝަށް ލިބިވަޑައިގަތެވެ. އެމަގާމަށް ވާދަކުރެއްވި ޕީޕީއެމްގެ ކައުންސިލަރުންގެ ތެރެއިން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއަށް ލިބިވަޑައިގަތީ 4 ވޯޓެވެ. އަދި މަގާމަށް ވާދަކުރެއްވި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއަށް ވެސް ލިބިވަޑައިގަތީ 4 ވޯޓެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރަން މާލެ ސިޓީގެ ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިހާބު އޮންނާނީ މާދަމާއެވެ. އެލްޖީއޭއިން އެދިފައިވަނީ އެންމެ ލަސްވެގެން މާދަމާއަށް ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން