އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަޕް ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށްކަމަށް މަޚުލޫފް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވުމުން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މިދިޔަ ޖެނުއަރީ 24 ވަނަ ދުވަހު ފުލުހުން އޭނާގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ތަހުގީގު ފުރިހަމަ ކުރަން ޕީޖީން އަންގާފައިވާ ކަމަށެވެ. އޭގެ ފަސް މަސް ފަހުން އޭސީސީ އިން ޕީޖީއަށް ހަމަ އެ މައްސަލަ ފޮނުވާފައި ވަނީ އޮތްގޮތަށް އެއްވެސް އިސްލާހެއް އަދި ބަދަލެއްވެސް ނުގެނަސްކަމަށް މަޚުލޫފް ވިދާޅުވިއެވެ.

މަޚުލޫފް މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ބައެއް ކަންކަން އިސްލާހުކުރަން އަންގާފައެވެ.



"ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ގާނޫނާ ހިލާފަށް ހޯދާފަހުރި ހެކިތަކެއް ކަމުން އަދި ޕީޖީ އެވިދާޅުވާ ގޮތަށް ދައުވާ ފުރިހަމަވެސް ނުކުރެވޭނެ." މަހުލޫފު ވިދާޅުވި އެވެ.

މީގެ އިތުރުން މަޚުލޫފް ވަނީ ވީހާވެސް އަވަހަކަށް އެމައްސަލައިގައި ގޮތެއް ނިއްމައިދިނުމަށް އެދިވަޑައިގެންފައެވެ. މަޚުލޫފްގެ މައްސަލައިގައި ޕީޖީ އަހުމަދު ޝަމީމް މިއަދު ވިދާޅުވީ، އެ އޮފީހުން އެދުނު ކަންކަން އޭސީސީއިން ފުރިހަމަކޮށްފައި ފޮނުވުމުން އެމައްސަލަައިގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިއްމަވާނެ ކަމަށެވެ.

މަހުލޫފް މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވީ އެކޮމިޝަނުން ހިންގި ތަހުގީގުގައި މައުލޫފްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން ލިބުނު ފައިސާ ޖަމާކޮށްފައިވާކަން ސާބިތުވާތީއެވެ. އެގޮތުން އެސްއޯއެފުން މަހުލޫފްގެ އެކައުންޓަށް 33 ހާސް އެމެރިކާ ޑޮލަރު ވަދެފައިވާކަން ފާހަގަ ކުރެވިފައިވާއިރު އެއީ މަހުލޫފް މަޖިލީހުގެ މެނެބަރު ކަމުގައި ހުންނެވި ދުވަސްވަރު އޭރުގެ ސަރުކާރުން ހުށައެޅި ބިލެއް ފާސްކުރަން ވޯޓު ދެއްވުމަށާއި ޕީޕީއެމްގައި މަހުލޫފު ހުންނެވުމުގެ މުގާބިލުގައި ނުވަތަ އަގެއްގެ ގަޮތުގައި ކުރީގެ ނާއިބްރައީސް އަހުމަދު އަދީބު މެދުވެރިވެގެން ލިބިވަޑައިގެންނެވި ފައިސާކަން ސާބިތުވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


17

ސައްލޭ

22-Jun-2021

މީނަގެ މައްސަލަ މީނަ އަމިއްލައަށް ނިންމަންވީ.ޝަރީޢަތަށް ގޮސް ދައްކަން ޖެހޭ ވާހަކަ ނޫހަކަށް ދޭކަށް ނުޖެހޭނެ.



ޓްރެންޑިން