ހިޔާ ފްލެޓްގެ ފިނިޝިންގް މަސައްކަތަށް މަދުވެގެން 9 މަސް ދުވަސް ދިނުމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެޕާޓްމެންޓުތަކުގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ މުއްދަތުގައި ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ފިނިޝިން މަސައްކަތް ނިންމަން މަދުވެން ނުވަ މަސް ދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ އެ ހުށަހެޅުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރައީސް އޮފީހުގެ ސަމާލުކަމަށް ގެނެސް އެ މުއްދަތު އިތުރުކުރުމަށް މިއަދު އެދިފައިވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.



"ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް އަމިއްލައަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް. މަދުވެގެން ނުވަ މަސްދުވަސް ފިނިޝިންގް މަސައްކަތަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއް." މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓަށް ބަދަލުވާން އެތަނުގެ ފިނިޝިން މަސައްކަތް ކުރަމުން ދަނިކޮށް، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފިނިޝިންއަށް ދިން މުއްދަތު އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިސަރުކާރުން ބުނެފައި ވަނީ ކުރީގެ ސަރުކާރުން އެ ފްލެޓްތައް ދޫކުރަން ނިންމާފައިވާ ގޮތަށް، ފިނިޝިން ނުނިންމައި ފުލެޓްތަށް ދިނުމުން އެމަސައްކަތް ކުރަން ޖެހޭނީ ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގައެެވެ. ނަމަވެސް ކުރީގެ ސަރުކާރުން ބުނެފައިވަނީ އެފްލެޓްތަކުގެ ފިނިޝިންގގެ މަސައްކަތްތައް ކުރަން ހަމެޖެހިފައި އޮތީ ވަކި ލޯނެއް ނަގައިގެން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ފްލެޓް ތަކުގެ އަގު ހެދީ ވެސް ފިނިޝިންގއަށް ނަގާ އެލޯނުވެސް ހިމަނައިގެން ކަމަށެވެ. މިސަރުކާރުންވެސް ފްލެޓްތަކުގެ ފިނިޝިންއަށް ލޯނު ނަގަން މަސައްކަތް ކުރިކަން އޭރުގެ ހައުސިންގ މިނިސްޓަރ ދައްކަވާފައިވާ ވާހަކަ ތަކުން ދޭހަވެއެވެ. ނަމަވެސް ފަހުން ނިންމީ ފިނިޝިންގ ނުހަދައި ފްލެޓް ދޫކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ޑިމޮކްރަސީ

22-Jun-2021

ތިކަމެއްވެސް ނުވާނެ އަގެއްވެސް އެންމެތަންފުކެއްވެސް ހެޔޮކޮށްނުދޭން



ޓްރެންޑިން