ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: އެމަނިކުފާނު މިއަދު ވަނީ ގޭމްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: އެމަނިކުފާނު މިއަދު ވަނީ ގޭމްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައި
ގެސްޓްހައުސް އެސޯސިއޭޝަންގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ވެރިންނާއެކު ރައީސް ސޯލިހް މިއަދު ބޭއްވެވި ބައްދަލުވުން ކުރިއަށް ގެންދެވީ އޮންލައިންކޮށެވެ. މިއަދުގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ގެސްޓްހައުސް އެސޯސިއޭޝަނުން ރައީސް ސޯލިހާއި ވަނީ މަޝްވަރާ ކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، މިބައްދަލު ކުރެއްވުމުގައި ގެސްޓްހައުސް އެސޯސިއޭޝަނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އެކަމަށް ހޯދޭނެ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންފުޅު ރައީސް ސޯލިހު އެޖަމިއްޔާއާއި ހިއްސާކުރެއްވި ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަަތަށްއައި ހީނަރު ކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގެސްޓް ހައުސްތަކުގެ ވިޔަފާރިއަށް ވެސް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. ގެސްޓް ހައުސް އެސޯސިއޭޝަނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.  


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން