މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަން އުވާލައިފިއެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރުމުގެ ސަބަބުން މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

މޯލްޑިވް ގޭހުން ބުނީ ޝަޒައިލްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތު ނުވާކަމަށް އޭސީސީން ނިންމައި، އެކަން އެކުންފުންޏަށް އަންގާފައިވާކަމަށެވެ. އެހެންކަމުން އޭނާގެ ސަސްޕެންޝަން އުވާލައި މިއަދުން ފެށިގެން ވަޒީފާގެ މަސްއޫލިޔަތުތައް ރުޖޫއަކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިމައްސަލަ ފެންމަތިވުމުންވެސް ޝަޒައިލް ވަނީ ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

ޝަޒައިލަކީ ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެއްގައި އެމްޑީކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަމާއި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން