ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން އަނެއްކާވެސް ފަށަން ތައްޔާރުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން މެދުކަނޑާލީ ކޯވިޑާއި ގުޅިގެން ދިމާވި ދަތިތަކެއްގެ ސަބަބުންނެވެ.

އެޗްޑީސީން ބުނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މެދުކަނޑާލާފައިވާ ގުރުނެގުން މިއަދު އަލުން ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި، މި ގުރުނެގުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސާފައިވާނީ، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިވަގުތު ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ފެތޭނޭހެން، މިކަމުގައި އަމަލީގޮތުން ވީހާވެސް މަދުބައެއްގެ ބައިވެރިވުން ހިމެނޭގޮތަށްކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިހާތަނަށް އެކޯޕަރޭޝަނަށް ލިބިފައިހުރި ލިސްޓުތަކަށް މިއަދުން ފެށިގެން ގުރުނެގުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.



އެޗްޑީސީން ބުނީ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހާއްސަކޮށް ފްލެޓް ލިބިފައިވާ ލިސްޓުގެ އިތުރުން ދެން ހުރި ލިސްޓުތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ވެރިފައިކުރުމަށްފަހު އިތުރަށް ފޮނުވާފައިވާ ފަރާތްތަކުގެ ލިސްޓެވެ. އަދި، މި ލިސްޓުތަކުގެ ގުރުނެގުންވެސް ކުރިއަށް ގެންދާނީ ކުރިއެކޭ އެއްފަދައިން މި ހުރިހާ ފަރާތްތަކެއްގެ އައި. ޑީ. ކާޑު ނަންބަރު ތަރުތީބުން ކަމުގައި އެޗްޑީސީން ބުނެއެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް އިމާރާތްކުރިތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، މި ސަރުކާރުން އުޅެނީ އަދިވެސް އެތަނަށް މީހުން ވަދެވޭވަރު ނުވެގެނެވެ. މި ސަރުކާރުން ހިޔާ ފްލެޓްތައް ދޫކުރަނީ ކުރިން ހެދިލިސްޓް މުރާޖަޢާ ކުރުމަށްފަހު އަލުން ޕޮއިންޓް ދީގެން ފްލެޓް ލިބޭ މީހުންގެ އާ ލިސްޓެއް އެކުލަވާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން