ރާއްޖޭގައި ޤުރުއާނާއި އަރަބި ކިޔަވައިދޭ އިންޑިއާ ޓީޗަރުންގެ ފުރަތަމަ ގްރޫޕް އިންޑިއާއިން ރާއްޖެއަށް އައިސްފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ "ދަ ހިންދޫ"އިން ބުނީ އިންޑިއާއިން ރާއްޖެ އައިސްފައިވާ ޤުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންނަކީ އެ ގައުމުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގެނައި ޓީޗަރުންތަކެއްކަމަށެވެ. އަދި މިއީ ކެރެލާ ސްޓޭޓުން ގެނައި ޓީޗަރުންތަކެއްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަތްބާއި ގުުރުއާން ކިޔަވައިދޭ ޓީޗަރުން އިންޑިއާއިން ގެނައީ "ނޮރްކާ ރޫޓްސް" ނަމަކަށްކިޔާ އެޖެންސީއެއް މެދުވެރިކޮށެވެ.

ރާއްޖެއަށް އިންޑިއާއިން ގުރުއާނާއި އަަރަބި ޓީޗަރުންތަކެއް ގެނެސްފައިވާއިރު، މިކަމުގައި ސަރުކާރުން ވަކި އެއްޗެއް އަދި ނުބުނެއެވެ. ނަމަވެސް ރާއްޖޭގައި އަރަބި ބަހާއި ގުރުއާން ކިޔަވައިދިނުމުގައި މީގެކުރިން އާއްމުކޮށް އިންޑިއާ ޓީޗަރުން ހަރަކާތްތެރިވެފައެއް ނުވެއެވެ. އެ މާއްދާތައް އާއްމު ގޮތެއްގައި ކިޔަވައިދިނުމުގައި އުޅެނީ އަރަބި ޤައުމުތަކުގެ ފެންވަރު ރަނގަޅު އުސްތާޒުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-13

Eyna

24-Jun-2021

Qur'an teacher mi dhivehi raaje in his v tho ,


-8

Eyna

24-Jun-2021

Qur'an teacher mi dhivehi raaje in his v tho ,



ޓްރެންޑިން