އަހުމަދު މަސްނޫމް   21 ޖޫން 2021 - 18:6
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ޞާލިހު ދުބާއީއަށް ފުރައިވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އުމުރުފުޅުން 55 އަހަރުގައި އަޙްމަދު މުޙައްމަދު ޞާލިޙް އަވަހާރަވީ ކެންސަރުގެ ފަރުވާއަށް ވަޑައިގެން ދުބާއީގައި ހުންނަވަނިކޮށެވެ. ރައީސް ސާލިހުގެ އިތުރުން އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް ވަނީ މިއަދު ދުބާއީ އަށް ފުރާވަޑައިގެންފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް އެނބުރި ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށެވެ.

ޅ. ހިންނަވަރަށް އުފަންވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވައެެވެ. އެމަނިކުފާނުގެ އާއިލާގެ ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. ރައީސްގެ އާއިލާގައި ތިން ހާފިޒުން ތިއްބަވާއިރު އެ ހުރިހާ ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުން ކަން ފާހަގަކޮށްލެވެއެވެ. އެއީ މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އަބްދުﷲ ޝާޒްލީ އަދި ހުސެއިން ޝަޔާޒެވެ. މީގެ ތެރެއިން މޫސައަކީ ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ކުރައްވާ ބޭފުޅެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން