ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، އަހުމަދު މުހައްމަދު ޞާލިހު ރޭ އަވަހާރަވި ހަބަރު ވެގެންދާނީ ރައީސް ޞާލިހާއި އެމަނިކުފާނުގެ އާއިލާއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތާމައަކަށެވެ. ރައީސްގެ ކޮއްކޯފުޅު އަހުމަދުބެ ދުބާއީގައި އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. އަހުމަދަބެއަކީ ރައީސްގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެެވެ. އަހުމަދުބެއަކީ ލޯފަން ބޭފުޅެކެވެ. ނަމަވެސް އެއީ އެންމެންގެ އެކުވެރި ރަހުމަތްތެރި އަހުމަދުބެއެވެ. ޚިޔާލުފުޅު ތަނަވަސް ހިތްޕުޅު އަލި އަދި ހިތްޕުޅުއެހާމެ ހެއު ބޭފުޅެކެވެ. ވަރަށް ސަކަ މިޒާޖެއްގެ ޚުލްޤު ހެޔޮ ބޭފުޅެކެވެ.

އަހުމަދުބެ އަވަހާރަވި ހަބަރާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައީސް ޞާލިހާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް އޮހެމުންދިޔައެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ބޭބޭފުޅުންނާއި އިދިކޮޅު ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުން ވެސް މިލިސްޓުގައި ވަރަށް ގިނައެވެ. އަހުމަދުބެ އަވަހާރަވުމާއި ގުޅިގެން އެކި ބޭފުޅުންގެ މިދެންނެވި ތައުޒިޔާގެ މެސެޖުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އަޅައިގަތީ ރައީސް ޞާލިހުގެ އެންމެ ގާތް ރަހުމަތްތެރިޔާ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖުގައެވެ. ރައީސް ނަޝީދަކީ ވަރަށް ކުޑައިރުއްސުރެ ރައީސް ޞާލިޙުގެ އާއިލީ ރަހުމަތްތެރިއެކެވެ. ވަރަށް ޒުވާން އުމުރުގައިވެސް ހިންނަވަރަށް ވަޑައިގެން ނޫރާނީގޭގައި އުޅުއްވައި ހެއްދެވިއެވެ. އެކުގައި އުޅުއްވައި އެއްތަށިމަތިން ކޭންބައްލަވައި އުޅުއްވިއެވެ. ރައީސް ޞާލިޙުގެ ބައްޕާފުޅާއި މަންމާފުޅުން ފެށިގެން އެބޭފުޅުންގެ ދަރީންގެ އިތުރުން ދެފަރާތުގެ އާއިލާގެ ވެސް ވަރަށް ގާތް ރަހުމަތްތެރި އެކުވެރިއެކެވެ. ރައީސް ޞާލިޙުގެ މަންމާފުޅުގެ އާއިލާއަކީ ވެސް ހިންނަވަރުގައި ގަދަރުވެރި ބޮޑު އާއިލާއެކެވެ. ބައްޕާފުޅުގެ އާއިލާއަކީވެސް ގަދަރުވެރި ފޯރުންތެރި ބޮޑު އާއިލާއެކެވެ. އެދެއާއިލާއަކީވެސް މުޅި ފާދިއްޕޮޅުގައި ނަންހިގާ ގަދަރުވެރި ގިނަ ބަޔަކު ދަންނަ ބޮޑު ދެ އާއިލާއެކެވެ. ރައީސް ނަޝީދުގެ ސިޔާސީ ފިކުރަށް ހިންނަވަރުގެ ބޮޑު ތާއީދެއް ލިބިވަޑައިގަންނަވާ އެއް ސަބަބަކީ އެއީ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އެމްޑީޕީގެ އެންމެ އިސް ވެރިއާގެ ނޫނީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުންނާއި ރައީސް ޞާލިޙުގެ އެންމެ ގާތް އެކުވެރިއާގެ ހައިސިއްޔަތުންނާއި ރައީސް ޞާލިހުގެ އާއިލީ ބޭފުޅުންގެވެސް ގާތް އެކުވެރިއެއްގެ ހައިސިއްޔަތުންނާއި މަރްހޫމް އަހުމަދުބެ ދެނެވަޑައިގަންނަވާ އަދި އަހުމަދުބޭގެ އެކުވެރިއެއްގެ ވެސް ހައިސިއްޔަތުން ރައީސް ނަޝީދު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ގިނަ ބައަކު އަޅައިގަތީ މި ހައިސިއްޔަތުތަކުން މުހިންމު ބައިތަކެއް އުނިވާތީ ކަމަށް ވެސް ވެދާނެއެވެ.



އަހުމަދުބެ އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގެ ވާހަކަ މީހުން ދައްކަމުންދަނީ ނޫނީ އެމެސެޖުގައި ގިނަ ބަޔަކު އަޅައިގަތް އެއް ސަބަބަކީ މިފަދަ ހިތާމައެއް އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާއާއި އެ އެކުވެރިޔާގެ އާއިލާއިން މިއަދު ތަހައްމަލު ކުރަމުންދާއިރު އެމެސެޖުގައި އެންމެ ކުޑަމިނުން ރައީސް ޞާލިހުގެ ނަންފުޅުވެސް ނެތުމުންނެވެ. ރައީސް ޞާލިހުގެ ކޮއްކޯފުޅު އަވަހަރާވެގެން އެކަމުގެ ހިތާމައިގާ ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައި ނުވަތަ ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިހުގެ ނަންފުޅު ނެތުމަކީ ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާންކަން ލިބިގެންދިޔަ އެއް މައްސަލައެވެ. މިދައްކަނީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިއާގެ ވާހަކައެވެ.

މިކަން ގިނަ މީހުން މާނަކުރީ ތިޔަ ހީފުޅުކުރެއްވި ގޮތަށެވެ. އެފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ހައްސާސް ދަނޑިވަޅުގައިވެސް ފެނިގެން މިދިޔައީ ދެބޭފުޅުންގެ މެދުގައި މިހާރު ހިނގަމުންދާ ރުޅިވެރިކަމެވެ. ނޫނީ ހިތްޕުޅު ހަމަނުޖެހުމާއި ސިޔާސީ ވާދަވެރިކަމެވެ. ދެބޭފުޅުންގެ ސިޔާސީ ފިކުރު ދެބައިވެފައި އޮތް މިންވަރެވެ. ވެރިކަމަކީ އަނބިމީހާ ފިރިމީހާ ގަތުލުކޮށްފައިވެސް އަދި ބަފައިމީހާ ދަރި ގަތުލުކޮށްފައިވެސް ހޯދާ އެއްޗެއްކަން މިގައުމުގެ ތާރީޚީ ފަތްފުށްތަކުން އެހެރީ ފެންނާށެވެ. ވެރިކަމުގެ ދަހިވެތިކަމާއި ވެރިކަމުގެ އާރާއި ބާރާހެދި އާއިލާއެއް ރޫޅިގޮސްފައިވާ މަންޒަރު މިއަދުވެސް މިގައުމުގެ ސިޔާސީ މަޝްރަހުން އެދަނީ ފެންނަމުންނެވެ. މިކަމުގެ ހަގީގަތް ހޯދާކަށް މާ ފުނަކަށް ފީނާކަށް މާ ގިނަ ފަތްތޫރަތަކެއް ހާވާކަށް ނުޖެހެއެވެ.

ތިޔަ ހީފުޅުކުރެއްވީ ހަމަ ރަނގަޅަށެވެ. ދަންނަވަން މިއުޅެނީ ކާމިނީ އާއިލާގެ ތެރެއިން މިހާރުވެސް ފެންނަމުންދާ ވެރިކަމުގެ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގެ ވާހަކައެވެ. އެއްބަފާ މުސްކުޅި ބޭބޭފުޅު އެތައް ދުވަހެއް ވާންދެން ހުރަގޭގައި ގެންގުޅުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއްބަފާ ކޮއްކޯފުޅު އެކަން ކުރެއްވީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ކޮއްކޯފުޅުގެ ވެރިކަން ވައްޓާލަން އެއްބަފާ ބޭބޭފުޅު ނުކުންނެވީމައެވެ. މިއަދު މިއޮތީ ވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި އެކަން އަނެއް ކޮޅަށް އެނބުރިފައެވެ. މިއަދު ޖަލުގައި ހުންނެވީ ކޮއްކޯފުޅެވެ. ބޭބޭފުޅު ކޯލިޝަންގައި ހުންނަވައިގެން އެކަމާ އުފާކުރަށްވައި އަތްޖައްސަވަނީއެވެ. ދެން އޮތީ މާދަމާއެވެ. މާދަމާ ކޮއްކޯފުޅަށް އެބާރު ލިބިވަޑައިގެންފިނަމަ ހަމަ މިހާރު މިފެންނަ ހުރިހާ މަންޒަރެއް އަނެއްކޮޅަށް އެނބުރިގެންދާ މަންޒަރު ދުނިޔޭގައި ތިބި ބަޔަކު ދެކޭނެއެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދާއި ދެމެދު މައްސަލަތަކެއް އުފެދިގެން އުޅޭކަމަށް މީޑިއާގައި ވާހަކަ ދައްކަމުންދާތާ މިހާރު ދުވަސްތަކެއްވެއްޖެއެވެ. މިމައްސަލަތަކުގެ ވާހަކަތައް މީޑިއާއަށް މާބޮޑަށް ތިލަވެގެންދިޔައީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހުއެެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން ވަނީ އެކަމުގައި އިހުމާލުވެފައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ މަޖިލީހުން ހިންގާ އިންކުއަރީއަށް ސީދާ ރައީސް ޞާލިހު ހުރަސް އަޅުއްވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ނަޝީދު މިހާރު ބޭނުންފުޅުވަނީ ވެރިކަމެވެ. ނިޒާމު ބަދަލު ކޮށްގެން ވިޔަސް ވެރިކަމަށް ވަޑައިގަންނަވާށެވެ. އެމަނިކުފާނު ވަނީ އެކަން ރައީސް ޞާލިހަށް ވަރަށް ފާޅުގައި ކެރިވަޑައިގެން ހުށައަޅުއްވާފައެވެ. އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި ރައީސް ޞާލިހު އެކުރަށްވަނީ ރައީސް ނަޝީދުގެ ވެރިކަމެކެވެ. ރައީސް ޞާލިޙަށް އެމީހުން ރިޔާސީ ޓިކެޓް ދިނީ ރައީސް ނަޝީދަށް އެވަގުތު ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގެންނެވެން ނެތުމުންނެވެ. އަދި ރައީސް ނަޝީދު ރައީސް ޞާލިޙަށް އެޓިކެޓް ދެއްވީ ވެސް ޝަރުތު ތަކެއް ކުރަށްވާފައި ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެޝަރުތުތައް މާނަކުރާ އެމްޑީޕީގެ ބައެއް ބޭފުޅުން މާނަކުރާ ގޮތުންނަމަ، ރައީސް ޞާލިޙަކީ އިންތިގާލީ ރައީސެކެވެ. އިންސާފުވެރި އިންތިޚާބެއް ބޭއްވެންދެން އިދިކޮޅު ކޯލިޝަންގެ ފަރާތުން ވެރިކަމުގައި ހުންނަވާން ހަމަޖެއްސި ބޭފުޅެކެވެ. ނިޒާމު ބަދަލުކޮށް މިޑްޓާމް އިލެކްޝަނެއް ނުވަތަ އިންތިގާލީ މަރުހަލާގައި ނިޒާމު ބަދަލުކޮށް ގާނޫނީ އޮނިގަނޑު ހަމަޖައްސައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމާއި ހަމައަށް ވެރިކަމުގައި ހުންނަވާ ބޭފުޅެކެވެ.

ދެބޭފުޅުންގެ މެދުގައި މިހާރު ހިނގަމުންދާ މިދެންނެވި ސިޔާސީ ޚިޔާލު ތަފާތުވުމުގެ އަސަރު މުޅި ޕާޓީން އެދަނީ ފެންނަމުންނެވެ. މުޅި ނިޒާމުގެ ތެރެއިންވެސް އެކަން ފާހަގަކުރެވި ހާމަވަމުންދާއިރު ޕާޓީގެ ސިޔާސީ ފިކުރާއި ވިސްނުން ދެބައިވެފައިވާކަން ޕާޓީގެ ޗެއާޕާސަނާއި ހިސާބުން ފެށިގެން ޕާޓީއަށް ނިސްބަތްވާ ގިނަ މަޖިލިސް މެންބަރުންވެސް މިއަދު ގަބޫލުކުރެއެވެ. މިދެންނެވި ޚިޔާލުތަފާތުވުމުގެ އަސަރު ޕާޓީގެ އެތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ފެންނަމުން ދިޔަ ނަމަވެސް އެހާ ގާތް އެކުވެރި ދެބޭފުޅެއްގެ ފަރާތުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި ފެންނާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުނުކުރެވުނު ކަންތައްތަކެއް މިއަދު ފެނުމުން ގިނަ ބައެއްގެ ލޮލުގައި އެކަން އަޅައިގަތީއެވެ. މި ދެބޭފުޅުންގެ ސިޔާސީ ވާދަވެރިކަން މިއަދު އެވަނީ އެޕާޓީން އެހަދާ ސިޔާސީ ފަންޑިތައަކުން ސިޔާސީ ފަރުވާއަކުން މައިތިރިވެ ހެއުވާ ވަރަށްވުރެ މާ ބޮޑަށް ގޯސްވެފައެވެ. އެކަން މިއަދުގެ މެސެޖުން ވެސް މިވަނީ މުޅިން ކަށަވަރުވެ ޔަގީންވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ނަސީރު

27-Jun-2021

ހަސަން އެދެއްކީ ވަރަށް ރަނގޅުވާހަކައެއް އަންނި ގެ ސަޕޯޓަރުންވެސް އެބަޖެހޭ ހަމަ ގަބޫލްކުރަން މުހައްމަދު ސާލިހު ނިޔާވި ހަބަރު ނޫސްކުން ކަވަރު ކުރީ ރައީސް ގެ ކޮއްކޯފުޅަކަށް ވީތީ އަންނި ގެ މެސެޖުގަ ރައީސް ސާލިހުގެ ނަން ނުގެނަޢި ސީދާ ހަސަދާއިގެ ހުޅު ހިފާފައި ވާތީ


2

ބޮޑުބޭ

24-Jun-2021

ވަރަށް ރަނގަޅު ވާހަކަ އެއް ރައީސް ގެ ކޮއްކޮ އަކަށް ވެގެން ހަބަރަކަށް ވަނީ ވެސް


7

ހަސަން

24-Jun-2021

މި ލިޔުމަށް ކޮމެންޓް ކުރަމުންދާ ގިނަމީހުންނަށް ރިވެތި އަދަބާއި ސިފަތައް އެނގުން ވަރަށް މުހިއްމު ކަމުގަ ދެކެން މި އުޅެނީ ހިންނަވަރު މީހަކު ނިޔާވެގެނެއް ނޫން ނިޔާވާހަ ބައެއްގެ ވާހަކަ ހަބަރަކަށް ވެސް ނުވާނެ މަރުހޫމް އަހުމަދު މުހައްމަދު ސާލިހު ނިޔާވި ވާހަކަ ނޫސްތަކަށް އަރަނީ ނުވަތަ އެރީ އެއީ ރައީސުލްޖުމުހުރިއްޔާގެ ކޮއްކޯ ފުޅަކަށް ވީމާ އެހެން ވީމާ ތައުޒިޔާގެ ލިޔުމެއް އާއްމުތަނެއްގަ ލިޔާއިރު އަދަބުވެރި ރީތި އަދި އެއްމެ ރަނގަޅު ގޮތަކީ ރައީސުލްޖުމުހުރިއްޔާ ގެ ނަންފުޅު ލިޔުން މިކަން ގަބޫލް ކުރައްވާ ނޫސްވެރިޔާގެ މި ލިޔުމަކީ ވަރަށް ފުރިހަމަ ނޫސްވެރިކަމުގެ އެތިކުސް ގެ ހަމަޔާއި މިންގަނޑު ގަލިޔެފައިވާ ފުރިހަމަ ލިޔުމެއް ރައީސް ނަޝީދަށް ތާއީދު ކުރެއްވިޔަސް ހަމަ ގަބޫލު ކުރައްވާ ހަމަ ގަބޫލް ކުރާ ރައީސް ނަޝީދު ގެ ސަޕޯޓަރުންނާވެސް ދިމާވި މިއަދު


2

މަޑި

24-Jun-2021

ނަސީދު ކާކުގެ ވާހަކައެއްތޯ މެސެޖްގަ ބުނެފަ އޮތީ? ޢަވަހާރަ ވީމަ ތައުޒިޔާ ކިޔާފަ އާއިލާއަށް ކެއްތެރިކަން ދެއްވުމަށް ދުއާ ކުރީމަ ސޯލިހް ގެ ނަމެއް ނުހިމެނޭތޯ? ހިންނަވަރު ނޫރާނީގޭ އާއިލާއިން ސޯލިހްކޮންއިރަކުތޯ ބޭރުކުރީ


17

ޙުޅުދެލި

24-Jun-2021

ޢެ މެސެޖުގައި އާއިލާއަށް ތައުޒިޔާ ކިޔާފައި އާލުންގެ ވަކި މެމްބަރަކު ފާހަގަ ކުރުމަކީ އަޚްލާގީ ދަރަޖައިގެ ކަމެއް. ލިޔުން ތެރިން މިފަދަކަންކަން ދަންނަންޖެހޭނެ. ރައީސް ނަޝީދުގެ ތަޢުޒިޔާ އަށް ފާޑުކިޔާފައި ތިޔަވަނީ ތަޢައްޞުބުން ކަމުގައި ބެ ލުމުގެ ފުރުޞަތުއެބައޮތް.


6

އިސްކުރުބެ

24-Jun-2021

ބަލާއެއްނުން ތިބުނާ ޞާލިޙް އަކަށް ޖެހޭތަ ތައުޒިޔާ ފޮނުވަން ނުޖެހޭނެ ރަނގަޅަށް އެހެއްދެވީ. އަންނި


2

ހަތާ

24-Jun-2021

ވަރަށް ފިތުނަވެރި ލިޔުމެއް! ނޫސްވެރިކަމޭ ކިޔާފަ ތިކުރާކަމަކީ ދޭތެރެ ޖެއްސުމާއި ތަން ފަސާދަ ކުރުން. ތިކަން ހުއްޓާލާ ރަށުތެރެއިން ކޮންމެވެސް އެހެން ކަމެއް ހޯދައިގެން ކުރަން އުޅުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ފެންންނީ


-2

ފިތުނަ

24-Jun-2021

މީ ހުންގެ މަޤްބޫލު ކަން ހޯދުމުގެ ނިޔަތުގާ އަދި ކުޅަ ދާނަ ލިޔުން ތެރިއެއް ކަމަށް ދެކިގެން އެކަކު އަނެ ކެއްގެ ހިތުގާ ނަފްރަތާ ހަސަދައިގެ ހުޅުރޯވާ ފަދަ މޭރުމުން ލިޔުންތައް ގެނެސް ދިނުމަކީ ތިމާއަށް ހެދޭ ވަރަށް ބޮޑު ގޯހެއް😒 ނޫސް ވެރި ކަމުގެ ރޮގުން ފަހަތަށް އެޅޭ ފިޔަވަޅެއް😓ޤައުމާ ރައްޔިތުންގެ ލާބަޔަށް މަސައްކަތް ކުރާ ނޫސް ވެރިއަކަށް ވާން އަޛުމް ކަޑައަޅާ😊


-4

ފިތުނަ

24-Jun-2021

މިލިއުމަކީ މީހުންގެ ހިތްތަކުގައި ފިތުނަ އުފެއްދުމުގެ ގޮތުން ވަރަށް ތަންދޮރު އޮޅުންނުފިލާ މީހަކު ލިޔެފައިން ލިއުމެއް. ކޮންމެހެން ރައީސްގެ ނަންފުޅު ވަކިން ލިޔެފައި ނެތްކަމުގައި ވިޔަސް މުޅި އާއިލާއަށް ތައުޒިޔާ ކިޔާފައި އިނީމައި ރައީސްވެސް އެ ތައުޒިއާގައި ހިމެނިވަޑައި ގަންނަވާނެ.


-9

ޖަންބުޙަސަން

24-Jun-2021

ޢާއިލާއޭ އޮތުމުން ރައީސްގެ ނަންފުލު ނުހިމެނޭތޯ


-15

ހައްވަ

24-Jun-2021

ޔާމީނު ރައީސް މައުމޫނު ހުރަގެއަށް ލެއްވީ ޕާޓީ ތެރޭގެ ވައްކަމާއި, ކޮރަޕްޝަނާ ދެކޮޅަށް ތެދުވެވަޑައިގަތީމައެވެ.


-1

ޭއެލެކްސް

22-Jun-2021

ފިތުނަ އުފައްދަން ނޫޅޭ


2

ޢަލިކޮއި

22-Jun-2021

މިލިޔުން ކިޔާލުމުން ހިތަށް ވަދެގެން ދިޔައީ މިލިޔުން ލިޔުނުމީހާ މަސައްކަތް ކޮށްފައި ނީ ކަނޑައެޅިގެން މީހުންގެ ހިތުގައި ސިޔާސީ ވެރިންނާއި ދޭތެރޭގައި ނަފްރަތު އުފެއްދުމަށް ކަމެވެ.


-3

ފާރޫޤް ޖަމީލް

22-Jun-2021

ތިނޫހުގެ އެޑިޓަރު ނިޔާވެއްޖެއްޔާ ތަޢުޒިޔާ ފޮނުވަންޖެހޭނީ ރާއްޖޭގެ ރައީސަކަށް ހުރިމީހާއަށްތޯ!



ޓްރެންޑިން