ތޮލާލް މިއަދު ޓްވީޓް ކުރެއްވި ފޮޓޯ
ތޮލާލް މިއަދު ޓްވީޓް ކުރެއްވި ފޮޓޯ
ރާއްޖޭގައި ބަންދުކޮށްފައިވާ ކޯކް ފުޅިއެއްގެ ތެރެއިން އިންސާނެއްގެ ދަތެއް ފެނިއްޖެއެވެ.

އިންސާނެއްގެ ދަތް މިއަދު ފެނިފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ކުރީގެ މެމްބަރު އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވީބީ މާޓުން ބައްލަވައިގެންނެވި ކޯކް ފުޅިއަކުންނެވެ. ތޮލާލް ވިދާޅުވީ މި ކޯކު ފުޅިއަކީ މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑުން އުފައްދައިފައިވާ ކޯކު ފުޅިއެއް ކަމަށެވެ.

ތޮލާލް ވިދާޅުވީ މިއީ މީހަކު ބުނިބުންޏަށް ނުވަތަ ރައްޓެސެއްގެ ރައްޓެއްސަކަށް ދިމާވި ކަމެއް ނޫންކަމަށާއި، ދަތް ފެނުނު ކޯކްފުޅި ބައްލަވައިގަތީ އޭނާ ކަމަށްވާތީ އެދަތް ކޯކުފުޅީގެ ތެރެއިން ފެނުނީވެސް އޭނާއަށް ކަމަށެވެ.



ކޮކާކޯލާ ކޮމްޕެނީ ޓެގްކޮށް ތޮލާލް މިފަދަ ޓްވީޓެއް ކުރަށްވާފައިވާއިރު، އެކަމާ ގުޅިގެން މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން