ބިދޭސީން ގެނެސްގެން، ކީރިތި ޤުރުއާނާއި އަރަބި ބަސް އުނގަންނައިދޭން ޖެހޭ ސަބަބެއް އެބައޮތްތޯއޭ ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދަވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އެޑްވަައިޒަރު ޑރ. ޝަހީމް މި ސުވާލު އުފައްދެވީ އަވަށްޓެރި އިންޑިއާއިން އަރަބި އަދި ކީރިތި ޤުރުއާން އުނގަންނައިދޭނެ ޓީޗަރުން ރާއްޖެއަށް ގެންނަ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ޑރ. ޝަހީމް ވަނީ ރާއްޖޭގެ ކޮލެޖް، ޔުނިވަރސިޓީ ތަކުން ޤާރީ ކޯހާއި އަރަބި ކޯސްތައް ހަދާފައިވާ ފަރާތްތައް ވަޒީފާ ނުލިބިގެން އުޅޭއިރު، ބިދޭންސީން ގެނެސް ޤުރުއާނާއި އަރަބި ބަސް ކިޔަވައިދޭންވީ ހަމަޖެހޭ ސަބަބެއް އެބަ އޮތްތޯ ސުވާލު ކުރައްވާފައެެވެ.



އިންޑިއާގެ މަޝްހޫރު ނޫހެއް ކަމުގައިވާ "ދަ ހިންދޫ"ގައި ބުނެފައިވަނީ އެގައުމުގެ ކެރެލާ ސްޓޭޓުން ރާއްޖެއަށް ޓީޗަރުން ފޮނުވާފައިވަނީ، އިންޑިއާއާއި ރާއްޖެއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަރަތްބާއި ގުުރުއާން ކިޔަވައިދޭ ޓީޗަރުން އިންޑިއާއިން ގެނައީ "ނޮރްކާ ރޫޓްސް" ނަމަކަށްކިޔާ އެޖެންސީއެއް މެދުވެރިކޮށެވެ.

ރާއްޖެއަށް އިންޑިއާއިން ގުރުއާނާއި އަަރަބި ޓީޗަރުންތަކެއް ގެނެސްފައިވާއިރު، މިކަމުގައި ސަރުކާރުން ވަކި އެއްޗެއް އަދި ނުބުނެއެވެ. ނަމަވެސް ރާއްޖޭގައި އަރަބި ބަހާއި ގުރުއާން ކިޔަވައިދިނުމުގައި މީގެކުރިން އާއްމުކޮށް އިންޑިއާ ޓީޗަރުން ހަރަކާތްތެރިވެފައެއް ނުވެއެވެ. އެ މާއްދާތައް އާއްމު ގޮތެއްގައި ކިޔަވައިދިނުމުގައި އުޅެނީ އަރަބި ޤައުމުތަކުގެ ފެންވަރު ރަނގަޅު އުސްތާޒުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން