ރައީސުލްޖުމުހޫރިއްޔާ ހުންނެވުމަށް ސަލާމަތީ ގޮތުން އެންމެ އެކަށީގެންވާ ތަނަކީ ތީމުގެ ކަމަށް ރައްޔިތުންގެ މަޖީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ރަސްއޮންލައިން"އާ ވާހަކަ ދައްކަވަމުން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީގެ މުގައްރިރު މުހަންމަދު އަސްލަމް ވިދާޅުވީ، ތީމުގެއަކީ ގައުމުގެ އެންމެ މަތީވެރިޔާ ދިރިއުޅުއްވަން އެންމެ އެކަށޭނަ ގޮތަށް ފަރުމާކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަން ރަނގަޅު ފެންވަރަށް ގާއިމްވެފައިވާ ތަނެއް ކަމަށެވެ. ތީމުގެގެއަކީ ރައީސްގެ ރަސްމީ ގެކޮޅަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ރައީސްގެ ރަސްމީގެކޮޅަކީ ތީމުގެ ބަދަލުކުރަނީ

"އެތަނަކީ ރައީސް މައުމޫންގެ ހިކުމަތްތެރި ވިސްނުންފުޅާ އެކީގައި ވަރަށް ފުރިހަމައަށް ބިނާކުރައްވާފައިވާ ރައްކާތެެރިކަން ވަރުގަދަ ތަނަކަށްވާތީ މިހާރުން މިހާރަށްވެސް އެބަދަލު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. މިކަމާއި ދެބަސްވާނެ ބަޔަކު ތިބެދާނެ ކަމަށް ގަބޫލެއް ނުކުރަން." އަސްލަމް ވިދާޅުވިއެެވެ.

އަސްލަމް ވިދާޅުވީ މިއަދު ރަނގަޅަށް ވިސްްނައިލާއިރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނިންމެވުން ރަނގަޅުކަން އެނގިވަޑައިގަންނަވާ ކަަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރިން ބޭނުންކުރި ތީމުގެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ހުށައަޅުއްވާފައެވެ.



ތީމުގެއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމުހޫރިއްޔާ ހުންނެވުމަށް އިމާރާތްކުރި ތަނެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން އިމާރާތްކުރި އެ ތަނުގައި ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ފަހުގެ ދުވަސްތަކުގައި އެމަނިކުފާނު ބޭނުންކުރެއްވީ ތީމުގެއެވެ. މައުމޫންގެ ވެރިކަން ނޮވެމްބަރު 11، 2008 ގައި ނިމުނުފަހުން ތީމުގެ ބޭނުންކުރަނީ ޝަރުޢީ ދާއިރާގެ ހިންގުމާއި މަތީ ކޯޓުތައް ހިންގުމަށެވެ.

ރައީސް މައުމޫނަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ނިންމެވި ތީމުގެ ދިރިއުޅުއްވުމަށް ބޭނުން ނުކުރެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން