އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ރޭ ވަނީ ފެނިފައެވެ. 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. ފުލުހުން ބުނީ، އެކުއްޖާ ފެނުނީ އެމައްސަލައިގެ ރިޕޯޓް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އެކުއްޖާ ހޯދަމުން ދަނިކޮށް، ރޭ މެންދަމުން އަލިވެ 2:30 ހާއިރު ކަމަށެވެ.

އެކުއްޖާ ކުއްޖާ ފެނުނީ ހުޅުމާލޭ ދެ ވަނަ ފޭސްގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ހިސާބުން ކަރުތާފެނާ ހިސާބު މޫދުން މަރާލައިފައި ފޮއްޓަކަށް ލައި އެއްލާލައިފައި އޮއްވައެވެ. ފުލުހުން ބުނީ މި މައްސަލާގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށެވެ. މިހާދިސާއާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން