ކުޑަކުދީންނާއި ޒުވާންޖީލު ސަލާމަތްކުރަން އެންމެންއެކީގައި ތެދުވަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، މާލޭގައި 13 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް، މަރާލާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ.ޝަހީމް ‏ވިދާޅުވީ ޙަޤީޤީ މާނައިގައި ޤައުމުގެ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރަން އިޚުލާޞްތެރިކަމާއެކު ބަޔަކު މަސައްކަތް ކުރަންޖެހޭކަމަށެވެ. އެކަން ނުކޮށްފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ޤައުމު ކުރިމަތިލާނެކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކުޑަކުދީންނާއި ޒުވާންޖީލު ސަލާމަތްކުރަން އެންމެން އެކީގައި ތެދުވަންޖެހޭކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ރޭ ވަނީ ފެނިފައެވެ. 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. ފުލުހުން ބުނީ، އެކުއްޖާ ފެނުނީ އެމައްސަލައިގެ ރިޕޯޓް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އެކުއްޖާ ހޯދަމުން ދަނިކޮށް، ރޭ މެންދަމުން އަލިވެ 2:30 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި މައްސަލާގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން