ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގަނޑުވަރު ހަމަޖެއްސުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫންކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ބުނާ ބިލެއް މަޖިލީހުން ފާސްކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ސުޕަމެޖޯރިޓީއާއެކު މަޖިލީހުން އިތުބާރުނެތްކަމަށް ވޯޓުނަގައި މަގާމުން ވަކިކުރި، ކުރީގެ މިނިސްޓަރ މަލީހު ވިދާޅުވީ ‏މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއްކަމަށެވެ. އަދި އެއީ މިހާރު ޢަމަލު ކުރަމުންދާ ރިޔާސީ ނިޒާމުގެ ޤާނޫނު އަސާސީގެ ރޫހާއިވެސް ޚިލާފުކަމެއްކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ލިބޭ ލިވިންގ އެލަވަންސުން ދިރިއުޅޭނެ ތަނެއް ހަމަޖެއްސެންވާނެކަމަށެވެ.

"ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް." ހަރުބަހަކުން މިސާލު ޖައްސަވަމުން މަލީހު ވިދާޅުވިއެވެ.



އުއްތަމަފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ޚާއްސަ ތަނެއް ދައުލަތުން ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ތަނެއް ހަމަޖެއްސުމަށް ކަނޑައަޅައި ސަރުކާރުން ހުށައެޅި ދެ ބިލް ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލް އިއްޔެ ފާސްކޮށަފައިވާއިރު، މަޖިލީހުގެ ރައީސް އަދި އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ހަމަޖައްސައިދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން