މާލޭގައި ކުޑަކުއްޖަކު ގެއްލިގެން އުޅުނުއިރު ފުލުހުން އެކަން ހާމަނުކުރީ ކީއްވެތޯ ވިދާޅުވެ، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ސުވާލު އުފައްދަވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ މާލޭގައި 13 އަހަރުގެ ކުއްޖަކު މަރާލާފައިވާ އޮއްވާ ފެނުނު ހާދިސާއާ ގުޅިގެނެވެ. އަދި އެހާދިސާގައި މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ކުއްޖެއްކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެކުއްޖާއަކީ ބަޔަކު ރަހީނުކޮށްގެން އުޅުނު ކުއްޖެއް ކަމަށެވެ. ރޭ މެންދަމުން އަލިވެފައި ހުއްޓާ ހުޅުމާލެ މޫދުން ފެނުނު މިކުއްޖާ އޮތީ ފޮށްޓަކަށްލައި އެއްލައިލާފައެވެ. ނަމަވެސް މިކުއްޖާ ގެއްލިގެން ހޯދާކަމެއް ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރިތާ ދެދުވަސް ވީއުރުވެސް މީޑިއާއަށްދީ އިއުލާން ކޮށްފައެއްވެސް ނުވެއެވެ. އަދި ޖެންޑަރ މިނިސްޓްރީންވެސް މިކަމާބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ މަރާލާފައި އޮއްވާ ފެނުނު އެކުއްޖާ އާދީއްތަ ދުވަހުން ފެށިގެން ހޯދަމުންދާ ވާހަކަ އާއްމުންނަށް ނޭންގީ ކީއްވެތޯއޭ ވިދާޅުވެ ފުލުހުންނާ ސުވާލު ކުރަށްވާފަ އެވެ. އަދި މިވެށިން ރައްކާތެރިކަން އޮތީ ކޮން ރައްޔިތަކަށްތޯ ވިދާޅުވެ ޝިޔާމް ސުވާލު އުފައްދަވާފައި ވެއެވެ.

"އާދިއްތަ ދުވަހުން ފެށިގެން ކުއްޖާ ގެއްލިގެން އުޅޭ ވާހަކަ އާއްމުންނަށް ނޭންގީ ކީއްވެތޯ؟ މިވެށިން ރައްކާތެރިކަން އޮތީ ކޮން ރައްޔިތަކަށް." ޝިޔާމް ވިދާޅުވިއެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ރޭ ވަނީ ފެނިފައެވެ. ފުލުހުން ބުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ހުށައަޅާފައިވާކަމަށެވެ. ނަމަވެސް މި ނުރައްކާތެރި ހާދިސާއާއި ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން މިއަދާއި ހަމައަށް އެއްވެސް ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. މިހިތާމަވެރި ހާދިސާއާ ބެހޭ މައުލޫމާތު ފުލުހުން އާންމުކުރީ ޖުއްޖާ މަރުވެފައި އޮއްވާ ފެނުނު ފަހުންނެވެ.

ފުލުހުން ބުނީ މި މައްސަލާގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހިތާމަހުރި

24-Jun-2021

لا حول ولا قوه الا بالله 😭😭😭😭



ޓްރެންޑިން