ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކަށް އިންޑިއާއިން މުދިމުން ގެންނަންޖެހޭކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް، އާއްޓޭ ވިދާޅުވެއްޖެއެވެ.

އާއްޓޭ މިހެން ވިދާޅުވީ، އަރަބި އަދި ގުރުއާން ކިޔަވައިދިނުމަށް އިންޑިއާއިން ޓީޗަރުން ގެނައުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ.

އެމްޑީޕީ ޓިކެޓުގަައި އޭދަފުށި ދާއިރާއަށް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި އާރިފް ވިދާޅުވީ، އޭދަފުށީ މިސްކިތްތަކުގައި މުދިމުން ނެތްތާ 7 އަހަރުވެއްޖެކަމަށެވެ. އަދި އެނޫންވެސް ގިނަ ރަށްތަކެއްގައި މުދިމުން ނެތްކަމަށެވެ. އެހެންކަމުން ރަށްރަށުގެ މިސްކިތްތަކަށްވެސް އިންޑިއާއިން މުދިމުން ގެންނަންޖެހޭކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ބައެއް މިސްކިތްތަކުގައި މުދިމުން ނެތްއިރު، ދީނުގެ ދިފާއުގައިކަމަށް ބުނެ ވާހަކަދައްކާ ބަޔަކުވެސް މިގައުމުގައި އުޅޭ ކަމަށެވެ.

"މަގޭ ދީނޭ އެކަމަކު ބަޔަކު ކިޔާ އެބައުޅޭ." އާރިފް ވިދާޅުވިއެވެ.

ރާއްޖޭގައި ޤުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާ ޓީޗަރުންގެ ފުރަތަމަ ގްރޫޕް އިންޑިއާއިން ރާއްޖެއަށް އައިސްފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ "ދަ ހިންދޫ"އިން ބުނީ އިންޑިއާއިން ރާއްޖެ އައިސްފައިވާ ޤުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންނަކީ އެ ގައުމުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގެނައި ޓީޗަރުންތަކެއްކަމަށެވެ. އަދި މިއީ ކެރެލާ ސްޓޭޓުން ގެނައި ޓީޗަރުންތަކެއްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަތްބާއި ގުުރުއާން ކިޔަވައިދޭ ޓީޗަރުން އިންޑިއާއިން ގެނައީ "ނޮރްކާ ރޫޓްސް" ނަމަކަށްކިޔާ އެޖެންސީއެއް މެދުވެރިކޮށެވެ.

ރާއްޖެއަށް އިންޑިއާއިން ގުރުއާނާއި އަަރަބި ކިޔަވައިދޭޓީޗަރުންތަކެއް ގެނެސްފައިވާއިރު، މިކަމުގައި ސަރުކާރުން ވަކި އެއްޗެއް އަދި ނުބުނެއެވެ. ނަމަވެސް ރާއްޖޭގައި އަރަބި ބަހާއި ގުރުއާން ކިޔަވައިދިނުމުގައި މީގެކުރިން އާއްމުކޮށް އިންޑިއާ ޓީޗަރުން ހަރަކާތްތެރިވެފައެއް ނުވެއެވެ. އެ މާއްދާތައް އާއްމު ގޮތެއްގައި ކިޔަވައިދިނުމުގައި އުޅެނީ އަރަބި ޤައުމުތަކުގެ ފެންވަރު ރަނގަޅު އުސްތާޒުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ފާތުން

27-Jun-2021

އެމްޑީޕީގެ ޓިކެޓްގަ އުޅޭ އެއްމެން އިންޑިޔާ މީހުންނާ އިންނަށް ވީނު ..ވަރަށް ރަގަޅު ކަމެއް


-2

Divehimudhi

24-Jun-2021

ދިވެހިންގެތެރޭގައިގިނައީމުސާރަޔައްބަންގިގޮވާ އަދި ދެފަހަރުހަމަޔައްބަންގިނުގޮވޭމުދިން ވީއިރު ކަންކުރެވޭބަޔަކު ގެންނަންއެބަމަޖުބޫރުވޭ


-5

ހީވެ

24-Jun-2021

މިވަރުންދަންޏާއި ހުކުރުކުރަން މޯދީވެސް ގެނެސްފާނެ.


3

ހީވެ

24-Jun-2021

މިވަރުންދަންޏާއި ހުކުރުކުރަން މޯދީވެސް ގެނެސްފާނެ.


2

ހީވެ

24-Jun-2021

މިވަރުންދަންޏާއި ހުކުރުކުރަން މޯދީވެސް ގެނެސްފާނެ.


-17

ސައިފުﷲ

24-Jun-2021

މިއަދު ތިބާއަށްވެސް ދޫ ހެލޭތީ ބޭނުން އެއްޗެއް ކިޔައި ދީނަށް ޖޯކުވެސް ޖެހިދާނެ.. ނަމަވެސް މަހުޝަރުގަައި ތިބާ ޖަވާބުދާރީ ވާންޖެހޭނީ ﷲ ސުބުޙާނަހޫ ވަތަޢަލާއަށްކަން ދަންނާތި. ވަރަށް ސަލާމް..


11

ސައިފުﷲ

24-Jun-2021

މިއަދު ތިބާއަށްވެސް ދޫ ހެލޭތީ ބޭނުން އެއްޗެއް ކިޔައި ދީނަށް ޖޯކުވެސް ޖެހިދާނެ.. ނަމަވެސް މަހުޝަރުގަައި ތިބާ ޖަވާބުދާރީ ވާންޖެހޭނީ ﷲ ސުބުޙާނަހޫ ވަތަޢަލާއަށްކަން ދަންނާތި. ވަރަށް ސަލާމް..


10

ސާރި

24-Jun-2021

ޢަހަންނައް ފެންނަނީ ކަލޭގެ ބަދަލުގައި ކަލޭގެ އަންހެނުންނައް ފިރިއަކުވެސް ގެންނަން އިންޑިޔާއިން.


13

ޙާމީ

24-Jun-2021

މިކަހަލަ ގައްދާރުން ހައްޔަރުކުރޭ


-1

ނެތޭ ލަދެއް

24-Jun-2021

ކަލޯ މިވަރުން ދަންޏާ ތިކަންވެސް ކުރާނެ ލަދު


-10

މާމަކުނު

24-Jun-2021

101 ދީނީ އިލްމުވެރިން ތިއްބާ ކީއްކުރަންބާ ސައުދީ ތަންތަނުން ދަރުސްތައް ދޭން މީހުން ގެންނަނީ؟ ބޯގޯސް ވާހަކަ ނުދައްކާ ހުރޭ



ޓްރެންޑިން