ރަހީނުކޮށް މަރާލައިފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިއްމައިފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.

އުމުރުން 13 އަަހަރުގެ ކުޑަ ފިރިހެންކުއްޖާ މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.



އެކުއްޖާގެ ހަށިގަނޑު މިވަގުތު އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

އެކުއްޖާ މަރާލާފައި އޮއްވާ ފެނުނުއިރު އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގައި ފެންނަން ހުއްޓެވެ. ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާނެ ވަކި އިރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އާއިލާއިން ބުނީ އެކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވަނީ އިންޑިޔާއަށް ކަމަށެވެ.

ރަހީނު ކުރުމަށް ފަހު މަރާލާފައި އޮއްވައި ފެނުނީ އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރެވެ. މި މައްސަލައިގެ ތުހުމަތަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ސާހު

24-Jun-2021

ދަންވަރު ފެނުނީކާކަށް



ޓްރެންޑިން