ޒަހީނުއްދީން ސަޢީދު   22 ޖޫން 2021 - 19:9
އުމުރުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ. ފުލުހުންގެ އިދާރާއިން ބުނީ މިޖޫންމަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް ފުލުހުން ބުނެ އެވެ.

އަބޫބަކުރު އިބްރާހީމްއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.

އުމުރުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފެށި އިރު، އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށް ފަހު އަނިޔާކޮށް މަރާލާފައި އޮއްވާ ރޭ ވަނީ ފެނިފައެވެ. ފުލުހުން މިހާރު ވަނީ އެމައްސަލައިގައި ކުޑަކުއްޖަކާއި ޒުވާނަކު ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތިމަންނަ

24-Jun-2021

ދުނިޔޭގެ ފެންވަރުގައި ރާއްޖެ "ނުބައި މަގުން" މިސްރާބު ޖެހީބާ.....!



ޓްރެންޑިން