ރަހީނުކޮށް، މަރާލާފައި އޮއްވާ ރޭ ދަންވަރު ފެނުނު ކުއްޖާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފިއެވެ.

ރައްޔިތުންގެ މަަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ވަނީ މަރާލާފައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާއާމެދު، ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދަން ނިންމާފައެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިއްތިފާގުން ނިންމީ، ކުއްޖާގެ މަރާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ލިއުމުން ހޯދުމުގެ އިތުރުން، މަރާލާފައިވާ ކުއްޖާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުން އެކުއްޖާއާ މެދު އަމަލުކޮށްފައިއޮތް ގޮތް ބެލުމަށެވެ.

ކޮމިޓީން ނިންމީ، ޕޮލިސް، ޖެންޑާ މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިހުން މިކަމާއި ގުޅޭ މައުލޫމާތުތައް ހޯދުމަށެވެ. މީގެއިތުރުން ކަމާބެހޭ މުއައްސަސާތަކުގެ ވެރިންނާއެކު އަންނަ ހޮނިހިރުދުވަހު، ބައްދަލުވުމެއް ބާއްވަންވެސް ކޮމިޓީން މިއަދު ނިންމިއެވެ.

އުމުރުން 13 އަަހަރުގެ ކުޑަ ފިރިހެންކުއްޖާ މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

އެކުއްޖާގެ ހަށިގަނޑު މިވަގުތު އޮތީ އައިޖީއެމް ހޮސްޕިޓަލުގައެވެ. އަދި ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކުއްޖާ މަރާލާފައި އޮއްވާ ފެނުނުއިރު އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގައި ފެންނަން ހުއްޓެވެ. ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާނެ ވަކި އިރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އާއިލާއިން ބުނީ އެކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވަނީ އިންޑިޔާއަށް ކަމަށެވެ.

ރަހީނު ކުރުމަށް ފަހު މަރާލާފައި އޮއްވައި ފެނުނީ އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރެވެ. މި މައްސަލައިގެ ތުހުމަތަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-11

މަހަމޫދު ޘަމީން

24-Jun-2021

ސަފާރީ ރޭޕް ކޭސް ކޮބާ?


-6

ބަނިޔާދަން

24-Jun-2021

ރާއްޖޭގެައި މައްސަލ ބލާ ތަންތަންގިނަވީމާ ގާނޫނަކުން މައްސަލަ ބާޅަނެ ތަންތަންތަށް ކަނޑައޅފައި އޮންނަންޖެހޭނ. ފިރިމީހާގެ މައްސަލ އޮއްބާލި ސާއްބަ އަންހެނާ މިކޮމެޓ ީގައިއިސްކޮށް. މިހާރު އެހަނަދަނާ ނެތނީ. އލަުގަނޑުމެން ހަނދާން އެބަހރި ހުޅުމާޅޭ ރޭޕް ކޭސް



ޓްރެންޑިން