ސަޢޫދީ ޢަރަބިއްޔާގެ ޚަމިސް މުޝައިތް އަދި ނަޖްރާންއަށް އަމާޒުކޮށްގެން ދިން ޑްރޯން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އާއްމުންނަށް އަމާޒުކޮށް ދެވޭ ޙަމަލާތައް މިގޮތަށް އިތުރު ވެގެން ދިޔުމަކީ އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ހުރަސް އެޅޭ ކަމެއްކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މަޝްވަރާކޮށް، އެސަރަހައްދަށް ހަމަޖެހުން ގެނައުން މުހިއްމުކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރު އޮތި ސަޢޫދީޢަރަބިއްޔާގެ ސަރުކާރާއި، ސައޫދީގެ އުޚުތްތެރި ރައްޔިތުންނާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން