ކުޑަ ކުއްޖާގެ ހަށިގަނޑު ފެނުނު ހުޅުމާލެ ފޭސް 2
ކުޑަ ކުއްޖާގެ ހަށިގަނޑު ފެނުނު ހުޅުމާލެ ފޭސް 2
ރަހީނުކޮށް މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ޒާތީ މަޢުލޫމާތު ޢާއްމު ނުކުރަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސުން އެދިއްޖެއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން މިއަދު ބުނީ، ކުޑަކުއްޖަކު ރަހުމުކުޑަކޮށް މަރާލައިފާވާ ޚަބަރާއެކު މީސްމީޑީއާ ގައި ކުއްޖާއާއި ޢާއިލާ ކުށްވެރިކޮށް މިދަނޑިވަޅުގައި މަޢުލޫމާތު ހާމަކުރުމަކީ އާއިލާއަށް ދިމާވެފައިވާ މިހިތާމަވެރި ދަނޑިވަޅުގައި އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއް ކަމަށެވެ.



"އެހެން ކަމުން މި ދަނޑިވަޅުގައި ކުއްޖާގެ އާއިލާގެ އިޙުސާސްތަކަށް އިޙްތިރާމުކޮށް މިފަދަ ޚަބަރުތައް އަދި ކުއްޖާގެ ފޮޓޯތަކާއި މަޢުލޫމާތު ދައުރުނުކުރުމަށް މި ސަރވިސް އިން އިލްތިމާސްކުރަމެވެ." އެ ސަރވިސުން ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސުން ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު ގެ 33ވަނަ މާއްދާގެ ހ ގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް, ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ އިސްވެ ދެންނެވުނު މާއްދާއާއި ހިލާފުވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.

ކުޑަކުއްޖާ ރަހީނު ކުރުމަށް ފަހު މަރާލާލުމުގެ ތުހުމަތަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން