މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ
ރަހީނުކޮށް މަރާލައިފައި އޮއްވާ މިއަދު ފެނުނު 13 އަހަރުގެ ކުޑަކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވެއްޖެއެވެ.

ރަޙުމްކުޑަކޮށް މަރާލާފައި އޮއްވައި ރޭ ފެނުނު ކުޑަކުއްޖާގެ މަރުގެ މަޢުލޫމާތު ޙިއްސާކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިއަދު ދިން ޕްރެސް ސްޓޭޓްމަންޓްގައި ޑެޕިއުޓީ މިނިސްޓަރ ޔުމްނާ ވިދާޅުވީ، އެކުއްޖާ އަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށެވެ.

އެ ކުއްޖާގެ ކަންތައްތަކުގައި މީގެ ކުރިންވެސް މިނިސްޓްރީން ޙަރަކާތްތެރިވެފައި ވާކަން ފާހަގަކޮށް ޔުމްނާ ވިދާޅުވީ، އެ ކުއްޖާއަކީ ތައުލީމު ޙާސިލުކުރަމުންދާ ކުއްޖެއް ކަމަށާއި، އުނގެނުމުގައިވެސް ގާބިލުކުއްޖެއް ކަމަށެވެ. މީގެ އިތުރުން ކުއްޖާގެ މަރުގެ ޙާދިސާއާއި ގުޅިގެން ޢާއިލާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

ޕްރެސް ސްޓޭޓްމަންޓްގައި ޔުމްނާ އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު ގެ 33ވަނަ މާއްދާގެ ހ ގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް, ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ އިސްވެ ދެންނެވުނު މާއްދާއާއި ހިލާފުވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ށަކީލު

24-Jun-2021

ކޮން ފޮނި އަނގައެއް ތި ތަޅަނީ " ޔުމްނާ އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު ގެ 33ވަނަ މާއްދާގެ ހ ގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް, ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެކަމަށް" ބެޔަސް ނުބެޔަސް ކާކުތިކަމާ ބެހެނީ? އަހަރެމެން އެބަ އުޅެންތަ ތިކަމާ, ކަލޭމެން ތެޅިމަރުވެބަ



ޓްރެންޑިން