ފޮޓޯ: އަވަސް. އެމްވީ
ފޮޓޯ: އަވަސް. އެމްވީ
ސްކޫލް ބަންދާ ދިމާކޮށް، އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންގެ އެހީގައި އިނގިރޭސި ދަސްކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން އުގައިލްގެ ފައުންޑޭޝަނުން ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ގެންދަން ހަމަޖެހިފައިވާ، މި ޕްރޮގްރާމްގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ޕްރޮފެސަރ އުގެއިލް މިއަދު ވަނީ އެދިވަޑައިގެންފައެވެ.



ކުޑަކުދިންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ގޮތުން ސްކޫލް ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކިޔަވާދެއްވާނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ.

މި ޕްރޮގްރާމަކީ އުމުރުން ހަތް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ލިޔުމުގެ ހުނަރުތަކުގެ އިތުރުން އިނގިރޭސި ޕްރޮނައުންސިއޭޝަން ވެސް ކިޔަވައި ދޭނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 01 ވަނަ ދުވަހުއެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.

އުގައިލް ފައުންޑޭޝަނުން މީގެކުރިންވެސް ވަނީ ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ތަފާތު ތަމްރީން ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

Kamana

24-Jun-2021

Varah rangalhu kameh bodethi meehun nakah nehtha



ޓްރެންޑިން