ރަހީނުކޮށް މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން މިރޭ ވަނީ އަމުރު ކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މައްސަލައާއި ގުޅިގެން އިތުރަށް ހެކި ހޯދަމުން އަންނަ މިދަނޑިވަޅުގައި އާއްމު ރައްޔިތުންނަށް މި ހާދިސާއާއި ގުޅޭ މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް އަބްދުﷲ ރަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު