ޒަހީނުއްދީން ސަޢީދު   23 ޖޫން 2021 - 3:25
މާލެ ސަރަހައްދުގައި ހިންގާ ޖިމްތައް ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން މިރޭ ދީފިއެެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ ޖިމްތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަން ދެން ކަމަށެވެ. އެހެން ނަމަވެސް ގުރޫޕް ކްލާސްތައް އަދިވެސް މަނާވާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ޖިމްތައް ހުޅުވަން ހުއްދި ދިން ނަމަވެސް ޖިމްތައް ހުޅުވޭނީ އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް ތަނުގެ ހާލަތު ހުރިކަން އަންގައިދޭ ޕްލޭން ހުށައެޅުމުން ކަމަށެވެ. އެ ޕްލޭން ހުށައެޅުމުން އެޗްޕީއޭއިން އިސްޕެކްޓްކޮށް ހުއްދަ ދޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިރޭ ވަނީ މާދަމާ އިން ފެށިގެން ކާފިއު ވަގުތަށް ބަދަލު ގެނެސްފައިވާކަންވެސް އިއުލާންކޮށްފައެވެ. އެގޮތުން މާދަމާއިން ފެށިގެން ކާފިއު ގަޑިއަކީ ހަވީރު 6:00 އިން ހެނދުނު 8:00 އަށް ކަމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މޮނިޓަރިންގގައި ނެތް ރަށްރަށުގައި މީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ހުއްދަ ދީފައިވާއިރު ޓޭކް އަވޭގެ ހިދުމަތް ދެވޭ ވަގުތު އިރުއޮއްސި 6:00 އާއި ހަމަައަށް މިރޭ ވަނީ އިތުރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން