ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގ ހާލަތުގައި ނެތް ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރަން ހުއްދަ ދިނުމަށް ނިއްމައިފިއެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ގެސްޓް ހައުސްތައް ނެތް ރަށްތަކާއި، މޮނީޓަރިންގގައި ނެތް ރަށްތަކުގައި، އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މީގެ ކުރިންވެސް މޮނީޓަރިންގގައި އޮންނަ ރަށަކުން އަނެއް ރަށަށް ނުދެވޭ ގޮތަށް އޮންނަ އޮތުމަށް ބަދަލެއް ނުގެނެއެވެ. އަދި ގެސްޓް ހައުސް ހިންގާ ރަށަކަށް އަރާނަމަ، އެ އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ހޯދަން ޖެހޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއިން ކޮވިޑް ކޭސްތައް ފެންނަ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށައް ދާން ފަށާފައެވެ. އެގޮތުން މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 145 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 61 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި އަތޮޅުތެރެއިން 77 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. މާލެ ފިޔަވައި ރާއްޖޭގެ 57 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން