ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދޭން އިންޑިއާއިން އަރަބި މުދައްރިސުންނާއި ގުރުއާން މުދައްރިސުން ގެނައީ ދިވެހި މުދައްރިސުން ނުލިބުމުން ކަަމަށް ބުނެ އެކަން އެޑިއުކޭޝަން މިނިސްޓްރީން ދިފާއުކޮށްފިއެވެ.

އަރަބި އަދި ގުރުއާން ކިޔަވައިދޭން އިންޑިއާއިން މުދައްރިސުން ގެނައުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މުދައްރިސުންނަކީ ގުރުއާނާއި އަރަބި ކިޔަވައިދޭނެ ދިވެހި މުދައްރިސުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް، ޓީޗަރުން ލިބިފައިނުވާ މަގާމުތަކަށް މުދައްރިސުން ހޯދުމަށް އެކި ގަައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން އިންޑިއާ ހައިކޮމިޝަންގެ ފަރާތުން އިންޑިއާ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އެގައުމުގެ ރެކްރޫޓުމަންޓް އޭޖެންސީ އެއްކަމަށްވާ "ނޯކާ ރޫޓްސް" މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ މުދައްރިސުން ކަމަށެވެ.

މި ޓީޗަރުން ރެކްރޫޓް ކުުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާވެސް ވާހަކަ ދެކެވި މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ މުދައްރިސުން ލިބޭތޯ މަސައްކަތް ކުރި ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދިނީކަމަށް ބަޔާނުގައި ބުނެފައިވެއެވެ.



"އަދި މި މަގާމުތަަކަށް ދިވެހި ރާއްޖޭގެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ދިވެހި މުދައްރިސެއް ލިބޭނަމަ ލޯކަލައިޒު ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ." އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު


7

މަސްވެރިއެއް

24-Jun-2021

މީ ކަނޑައެޅިގެން ދޮގެއް. މިއޮއް ހުރިހާ ދުވަހު ކޮންތާކުން އައި ޓީޗަރުންނެއް ޤުރުއާން އާއި އަރަބި ކިޔަވައިދިނީ! ކޮވިޑްގައި އެ އެންމެން ނިޔާވީތަ؟ އިންޑިޔާގެ އުނގަށް ފުންމާލައިގެން މިއޮއް ޤައުމު ޣަރަޤުވަނީ!!



ޓްރެންޑިން