ގައުމު ހަލާކުވެގެން ދާއިރުވެސް ގައުމުގެ ވެރިން އުޅެނީ ގަނޑުވަރު ހޯދަންކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ، ގައުމުގެ އިޖުތިމާޢީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ބިރެއްނެތި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލައި، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް މާރާމާރީ ހިންގުންފަދަ ކަންކަން ހިނގަމުން ދިއުމާއި އިގްތިޞާދީ ގޮތުން ގައުމު ވަރަށް ފުން ވަޅުގަނޑެއްގައި އޮތް މިދަނޑިވަޅުގައި ދައުލަތުގެ ބާރުތަކުގެ ވެރިން ދިރިއުޅޭނެ ތަންތަން ހަމަޖެއްސުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަވަދިނެތި އުޅެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރަށްވައި ކަމަށް ގަބޫލުކުރެވެއެވެ.

މަލީހު ވިދާޅުވީ ލާދީނީ ގޮވުން ހުއްޓުވާ ބިލު ފާސްވުމުން، މިސްކިތެއްގައި މާރާމާރީ ހިންގި ވާހަކަވެސް ނުދެއްކޭނެކަމަށެވެ.

މަލީހު ވިދާޅުވީ މިގައުމު ހަލާކު ކޮށްލަން މަޖިލިސްގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ހިންގާ ޖަރީމާތައް ބަލަން ރައްޔިތުން އަބަދަކު މަޑުން ނުތިބޭނެ ކަމަށެވެ. އަދި ގައުމުގެ އިޖްތިމާއި ފޭރާން ވީދި ކުދިކުދިވާއިރު، ވެރިން ތިބީ ގަނޑުވަރު ހޯދުމުގެ މަސްތުގައިކަމަށް މަލީހު ވިދާޅުވިއެވެ.

ދައުލަތުގެ އަނެއް ދެބާރުގެ ވެރިން ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމުގެ ބިލެއް ފާސްކޮށްފައިވާއިރު، ގައުމުގަައި މިހާރު ހިނގަމުންދާ ބޮޑެތި އެހެން މައްސަލަތަކަށް މަޖިލީހުން މިދުވަސްވަރު އެއްވެސް ވަރަަކަށް ސަމާލުކަން ނުދޭކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގް ފިޔަވައި އިތުރު މާބޮޑު މަސައްކަތެއް ހިނގަމުން ނުދާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކުލަ

24-Jun-2021

އެކައްޗެއްވެސް ބޭނުންނުވާކަމަށް އަބަދު ވަކާލާތުކުރާމީހެއް ކުރީގެ ރައީސަކީ. ގަޑުވަރެއް ދޭން އުޅެނީ ރައްޔިތުންގެ މަޖިލީހުން. ކުރީގެ ރައީސް ބޭނުމެއް ނުވާނެ. އަދި ސެކިއުރިޓީއެއްވެސް އެސޮރު ބޭނުމެއްނުވާނެ. އެހެންމީހުން އޭނަޔަށް ދޭންވެގެން އުޅޭތީ އެހެންމީހުންރުޅި އައިސްދާނެތީ އެކަންކަން ބޭނުންކުރަނީ އަސްލު ބޭނުމެއް ނޫން. ހެހެހެހެހެ



ޓްރެންޑިން