ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއާރީ ފުރިހަމަކުރެވޭ ވަރަށް މައުލޫމާތުތައް ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ބުނެފި އެވެ.

241 ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ 241 ކޮމިޓީގެ އިންކުއަރީއަށް ވަރަށް ގިނަ މުއައްސަސާތަކަކުން މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުންނާއި، ވެރިންނާއި، އާދައިގެ އޮފިސަރުންގެ އިތުރުން، ދައުލަތުގެ ބައެއް ވަޒީރުންނާއި، އެހެން ބައެއް މުއައްސަސާތަކުގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ގިނަ މައުލޫމާތުތަކެއް ހޯދިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިމައްސަލައިގެ ތަހުޤީޤް ހިނގާނުހިނގާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މަންދޫބު، އައްބާސް ފާއިޒާ މިއަދު ބައްދަލުކުރައްވާނެކަމަށެވެ.

އަސްލަމް ވިދާޅުވީ މިހާރު ލިބިފައިވާ މައުލޫމާތުން އިންކުއަރީ ފުރިހަމަ ކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ނިންމައި މިމަހުގެ ނިޔަލަށް ކޮމިޓީގެ ރިޕޯޓް ނިންމަވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން ކޮމިޓީގެ މަސައްކަތަށް ހުރިހާ ފަރާތަކުންވެސް އެއްބާރުލުން ލިބެމުންދާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން