މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ޑރ. ހުސެއިން ރަޝީދަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ޑރ. ހުސައިނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ޑރ. ހުސެއިން ރަޝީދު ހަސަންގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތުމުން އެކަމުގައި މައްސަލަތަކެއް ކުރިމަތިވިއެވެ. ބައެއް މެމްބަރުން ވިދާޅުވީ ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވިޔަފާރިކުރުން ނޫން ކަމަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ގާނޫނީ ހުރަހެއް ނެތްކަމަށް، ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފް، ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާ ދެއްވާފައެވެ.



ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފްގެ ލަފާއާއެކު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން މިއަދު ވަނީ ޑރ. ހުސައިނަށް ރުހުންދޭން ފާސްކޮށްފައެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ޙުސައިން ރަޝީދު ޙަސަން އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. ފިޝަރީޒް މިނިސްޓަރަކަށް ޑރ. ޙުސައިން ރަޝީދު އައްޔަންކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަޙީދު އިސްތިއުފާދެއްވުމުން މިދިޔަމަހުގެ 5 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން