ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ މިހާރު މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެއްގަމުތޮށި ލުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 97 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. 365 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާ މިމަޝްރޫއަކީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



މި މަޝްރޫޢުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން 2،102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން