އަންހެނުން ހިތާނު ކުރަން ޑރ. މުހަންމަދު އިޔާޒް ހިތްވަރު ދެއްވާކަމަށް ބުނެ، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، މަޖިލީހަށް ހުށައެޅުއްވި މައްސަލައާއި ގުޅިގެން އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ފާޑުވިދާޅުވެ، ޑިމޮކްރަސީގައި އޮންނަގޮތަކީ މިއީތޯ ވިދާޅުވެ ސުވާލު އުފައްދަވައިފިއެެވެ.

މީކާއިލް މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ޓުވީޓެއް ކުރައްވާފައިވާ ކަމަށެވެ. އެ ޓުވީޓްގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި ހިންގާ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް) އަށް ހިތްވަރު ދީފައިވާ ކަމަށް މީކާއިލް ވިދާޅުވިއެެވެ. މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، އެ މައްސަލަ ބަލައި ދިނުމަށްވެސް މެމްބަރު މީކާއިލްގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ އޭނާ ހިއްސާ ކުރެއްވީ އަންހެނުން ހިތާނު ކުރުމާއި ބެހޭގޮތުން ބަޔަކު ކޮށްފައިވާ އިލްމީ ދިރާސާއެއް ކަމަށެވެ. އެ ދިރާސާގައި ގޯހެއް ވާނަމަ އިލްމީ ގޮތުން ޖަވާބު ދިނުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.

"މަޖިލީހަށް ގަރާރުތައްލައި ވަޒީފާއިން ވަކިކުރަން ޕްރެޝަރު ކުރުމަކީ ހައްލެއް ނޫން." ޑރ.އިޔާޒް ވިދާޅުވިއެވެ.

މިސަރުކާރު ގެނައުމަށް މަސައްކަތް ކުރަށްވައި އަދި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރަށްވާ، ޑރ. އިޔާޒް ވިދާޅުވީ އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެމީހެއްގެ ޚިޔާލު ފާޅުކުރުމުން ވަޒީފާއިން ވަކިކޮށް ފިޔަވަޅު އަޅަން ގޮވާލުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.





‏"ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނަންވާނެޔޭ، އެމިނިވަންކަން ހޯދައިދިނީ ތިމަންމެންނޭ ކިޔައިގެން ވާހަަކަ ދައްކަވާ ބޭފުޅުން ކީއްވެގެެންބާ ޢިލްމީ ދިރާސާތަކަށް އިޙްތިރާމް ކުރައްވަން އެނގިވަޑައިނުގަންނަވަނީ. ތިޔަބޭފުޅުންގެ ޑިމޮކްރަސީގައި އޮންނަ ގޮތަކީ އެއީތޯ؟" މީގެކުރިން ވެސް ދުވަސް ކޮޅަކަށް މަގާމުން ސަސްޕެންޑްކޮށް ގޭގައި ބެހެއްޓުމަށްފަހު މަގާމުގެ ޒިންމާ އަލުން ހަވާލުކޮށްފައިވާ ޑރ. އިޔާޒް ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓްވެސް ނުކުރައްވާ ކަމަށް އިޔާޒް ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިންނަށް ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުމަކީ ވާޖިބުކަމެއް ނޫން ކަމަށް އިޔާޒް ވިދާޅުވިއެވެ. އަންހެނުން ހިތާނު ކުރަން ހިތްވަރުދޭ ކަމަށް ބުނެ، ޑރ. އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މައްސަލަ ހުށައެޅުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް ވިދާޅުވެ އެކަން ބަލައިދިނުމަށް މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަށް ޑރ. މުހައްމަދު އިޔާޒު ވަނީ ގޮވާލައްވާފައެވެ. އަދި އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލައިދިނުމަށް އިޔާޒު ވަނީ އެދިވަޑައިގެންފައެވެ.

މީކާއިލް މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަންހެނުން ހިތާނު ކުރުމަށް ހިތްވަރު ލިބޭގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި އެއީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށް މީކާއިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އައްބާސް

27-Jun-2021

ތިޔަ މީކާއީލެކޭ ރަނޑު އަންހެނެކޭ އެއްފަދަ. ކާކުތަ ތީ ރަނޑުވެގެން އުޅެނީ


-3

ކާބެމަސްތުރަ

27-Jun-2021

އަންހެނުން ޚިތާނު ކުރުމުން އެމީހުންގެ ޝަހުވަތްތެރިކަން ވަރުގަދަވޭ. ސަބަބަކީ "އިހުސާސް" ގެ ބައި ދަށްވުން. މިހެން ވުމުން "ގިނަ ވަގުތު އެކަން ދެމިހުންނަ" ކަމަށް ޢިލްމީ ދިރާސާ ތަކުން ދައްކާ. އެހެން ވުމުގެ ސަބަބުން ފިރިހެނުންނަށްވުރެ "އެކަމުގައި" ވަރުގަދަ. މިކަމުގެ ނަތީޖާ އަކީ ވަރިގިނަވޭ. ﷲ ސުބުޙާނަހޫ ވަތަޢާލާ އުފެއްދެވި މި "މެށިން" އިންސާނާ ގެ ހުރިހައި ކަމެއް އެ އިލާހު މޮޅަށް ދެނެވޮޑިގެންވޭ. އަންހެނުން ޚިތާނުކުރަން ވާޖިބު ކަމަށް ދީނުގައި ނެތީ އެހެންވެ. "އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިންނަށް ކަމަށެވެ." މިހެން ޚަބަރުގައި ވެސް އެއޮތީ.



ޓްރެންޑިން