ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދޭން އިންޑިއާއިން އަރަބި މުދައްރިސުންނާއި ގުރުއާން މުދައްރިސުން ގެނެސްފައިވާއިރު ކިޔަވައިދޭ އަރަބިފޮތް ދިވެހި ބަހުން އޮތުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭން އިންޑިއާއިން އަރަބި މުދައްރިސުންނާއި ގުރުއާން މުދައްރިސުން ވަނީ ގެނެސްފައެވެ. ދިވެހި ގައުމީ މުގައްރަރާ އެއްގޮތަށް އަރަބި ‏ކިޔަވައިދޭ ފޮތްބައި އޮތީ އަރަބި ބަހާއި ދިވެހިބަހުންނެވެ. ދިވެހި ދަރުވަރުންނަށް ކިޔަވައިދޭން ދިވެހިބަހުން އޮތް ފޮތެއް ބޭނުންކޮށްގެން ކިޔަވައިދޭން އިންޑިޔާ ޓީޗަރުން ގެެނެސްފައިވާތީ ޝޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ އެކަމާއި ގުޅިގެން ސުވާލު އުފަައްދަން ފަށާފައެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރުކަން ކުރެއްވި އަބްދުލް މަތީން ވިދާޅުވީ ދިވެހިން ލިޔެފައި އޮތް އަރަބި ފޮތް ކިޔަވައިދޭން ގެނައީ އިންޑިޔާ ޓީޗަރުން ކަމަށެވެ. މަތީން ވަނީ ދެން ކިޔަވައިދޭނީ ކޮންބަހަކުންތޯ އިމްތިހާނު ހަދާނީ ކޮންބަހަކުންތޯ ސުވާލު ކުރައްވާފައެވެ.

"‏ކިޔަވައިދޭ ފޮތް މި އޮތީ ދިވެހިބަހުން. ޓީޗަރުން މި ގެނައީ އިންޑިޔާއިން. ދެން ކިޔަވައިދޭނީ ކޮން ބަހަކުން؟ ކުދިން قران ގެ އެސްއެސްސީ އާ އެހެން އިމްތިހާންތައް ހަދާނީ ކޮން ބަހަކުން؟ ކުރަން ތި އުޅެނީ ކޮންކަމެއް ކަން ރައްޔިތުންނަށް ސާފުވާން ޖެހޭ." ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓަރު، އާއިޝަތު އަލީ ޓެގް ކުރައްވައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަންވެސް ކުރެއްވި މަތީން ވިދާޅުވިއެވެ.

އަރަބި އަދި ގުރުއާން ކިޔަވައިދޭން އިންޑިއާއިން މުދައްރިސުން ގެނައުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ،ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭން އިންޑިއާއިން އަރަބި މުދައްރިސުންނާއި ގުރުއާން މުދައްރިސުން ގެނައީ ދިވެހި މުދައްރިސުން ނުލިބުމުން ކަަމަށެވެ. މި ޓީޗަރުން ރެކްރޫޓް ކުުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާވެސް ވާހަކަ ދެކެވި މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ މުދައްރިސުން ލިބޭތޯ މަސައްކަތް ކުރި ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދިނީކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ބަހުން އޮތް ފޮތެއް ބޭނުންކޮށްގެން ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެނައީ އިންޑިއާ ސަރުކާރުގެ އެހީއާއެކުގައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އޙުމަދު ޕަޓޭްލް

27-Jun-2021

ތަސް އޮންލައި ްގެ ނޫނސްވެރިނަށް ނޭގޭތަ މި ސިއްރެއް މިހާރު އަރަބި ބަސް ކިޔަވައި ދެނީ ހިންދީ ބަހާ މެލެޔާޅަމް ބަހުން ދިވއހި ކުދިން ދިވެހި ކިޔއވީމަ ހަރުކަށި ފިކުރު ގެ މީހުނައްވަނީ ޅަދީނީ މީހުނައް .ިހާރު ގެ ތުއްތު ކުދީން ގެ ޖީލު ބަދަލުކޮއްލަން ކެރަފާ ނަޝީދު އާއި ެމްޑީޕީ އިސްވެރިން ބޭނުންވަނީ


2

ސަވޭރާ

27-Jun-2021

އިންޑިޔާއަށް ތަމަޅަ ކިޔަވައިދޭން ދިވެިން ފުނުވަނީ.


10

މުދި

27-Jun-2021

ތަންތާތިބޭ ރުޑިން މައްސަލަ ޖައްސާނެ ތިއަބުނާ އަރަބިފޮތް ތިހެން އޮތްއިރު އަރަބި ގައުމު ތަކުން ޓީޗަރުން ގެނައިމަ ކިހިނެއްވީ


-8

ޗައިވާލާ

27-Jun-2021

ސުވާލް އުފައްދާކަށް ޖާގައެއް ނެތް , ދިވެހި ކިޔަވައިދޭންވެސް ގެންނާނެ.


0

ްުސުޖާ

27-Jun-2021

އަދި ކޮބާ އައުޓްކަމްސް ތައްވެސް ނަގަން ހުންނަނީ ދިވެހިބަހުން. ތަޖްވީދު ޓެސްޓްތައް ވެސް ހުންނަނީ ދިވެހިބަހުން. ޕޭޕަރު ހަދަނީ ވެސް ދިވެހިބަހުން. ފީޑްބެކް ވެސް ލިޔަނީ ދިވެހިބަހުން. ދެން މި ކަންކަން އުރުދޫ ބަހަށް ބަދަލު ކުރިކަން އެނގޭކަށްނެތް. މި ނޫސް މެދުވެރިކޮަށް މި ޓީޗަރުން ތިބި ރަށެއް ސާފު ކޮށްލަދީފާނަންތަ؟



ޓްރެންޑިން