ބޭރު ޓީޗަރުންނަށް ދޭގޮތަށް މުސާރައާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ބޭރު ގައުމުތަކުން ޓީޗަރުން ރެކްރޫޓް ކުރީ ރާއްޖެއިން ޓީޗަރުން ނުލިބިގެން ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނާއި ގުޅިގެންނެވެ. ޖުމުހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ، ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދައި، ތަފާތުކުރުން ނިމުމަކަށް ނުގެންނަހާ ހިނދަކު ޓީޗަރުން ލިބުމުގެ މައްސަލަ ދުވަހަކުވެސް ޙައްލެއް ނުވާނެ ކަމަށެވެ. އަދި ބޭރު ޓީޗަރުންނަށް ދޭގޮތަށް ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރެކްރޫޓް ކުރި ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭން ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް ޢިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާ ހައިކޮމިޝަންގެ ފަރާތުން ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ، ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށެވެ. ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން، އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދީފައިވާކަމަށް އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހަލީމް އިބްރާހީމް

27-Jun-2021

ރަންކޮޅާ އެއީ ބްރިޖް އަޅަން ލޯން ދިނުމަށް ޝަރުތުކޮއްފަވާ ކަމަކަށް ވާތީ ވަޒީފާ ކޮޅެއް ދިނީ. ދެންއޮތީ ކޮންސިއުލޭޓް ހެދުން. އެކަމުގެހުއްދަ ނުދެނީސް ބްރިޖް ނުފެށޭނެ މިވާގޮތް އެބަ އެނގޭތޯ މަނިކުފާނަށް


-2

ގުނބޯ

27-Jun-2021

އަޅުގަނޑު ހުރިހާ ބެލެނިވެރިންނަށް ގޮވާލަން، ބިދޭސީ މިޓީޗަރުން ގާތުން ގުރުއާން ކިޔަވާން ސްކޫލަށް ނުފޮނުވުމަށް. މީގެ އަޑީގައި އަނދިރި ދައުލަތުން އުޅޭނެ. އަންނި ކައިރިން މިކަން ސާފުވާނެ.



ޓްރެންޑިން