ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވަނީ އެ ގައުމުގައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްކޮށް ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައެވެ. އަލީ ވަހީދު ފުރާވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލުކުރުމާއި ގުޅިގެންނެވެ. މިހާރު އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އޭނާގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތުގައި އޮންލައިންކޮށް އެ ގައުމުގައި ހުންނަވައިގެން އަލީ ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެެވެ.

އަލީ ވަހީދު އެ ގައުމުގައި ދިރިއުޅުއްވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބައެއް މީޑިޔާތަކުގައި ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ "އެއީ 100 ޕަސެންޓް ބޮޑު ދޮގެއް" ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރަނީ އެމްބަސީގެ މުވައްޒިފުންގެ އަގުވައްޓާލަން ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަބުޅޯ ސާޑް

27-Jun-2021

އެއީ 100 ފަސެންޓް ތެދެއް. ފަރޭ އައށް އިގިގެންކުރާކަމެއް



ޓްރެންޑިން