އަހުމަދު މަސްނޫމް   24 ޖޫން 2021 - 16:46
ދިވެހިބަހުގެ ދާއިރާއިން ޚިދުމަތްކުރެއްވުމުގައި ފާހަގަވެފައިވާ، އަދި ދިވެހި އަދަބިއްޔާތާއި ތާރީހަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު ނަސީރު (މާޅޮހު ނަސީރު) ނިޔާވެއްޖެއެވެ.

ލިޔުންތެރިކަމާއި ޅެންވެރިކަމުގައިވެސް ފާހަގަކޮށްލެވޭ މާޅޮހު ނަސީރު ނިޔާވީ ރޭ މެންދަމު 1:30 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާގެ ޖަނާޒާ މިއަދު ހެނދުނު އާސަހަރާގައި ވަނީ ބާއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު ނިޔާވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދެވިފަހުން، ފުއްޕާމެއަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

އަދަބިއްޔާތާއި ތާރީހާއި، ޅެންވެރިކަމުގެ ދާއިރާގެ އިތުރުން ނަސީރު ވަނީ ބ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި މާޅޮހު ކަތީބުކަންވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން