ޖިންސީ ގޯނާގެ ތުހުމަތުތަކެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން މެދުވެރިކޮށް ކޯޓުގައި އެދެން، ދަންނަވާފައިވާކަމަށެވެ. އަދި ފުލުހުން އެ އަމުރު ހޯދަން ކޯޓުގައި އެދިފައިވާއިރު، މިހާތަނަށް އައިއިރު އަމުރު ލިބުނުކަމެއް އަދި ސާފެއް ނުވެއެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި މީގެކުރިންވެސް ދައުލަތުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ބަލި ހާލަތަށް ބެލުމަށްފަހު ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރި އަމުރު ދައުލަތުން އިސްތިއުނާފްކުރިޔަސް، އަލީ ވަހީދު ރާއްޖޭގައި ނެތުމުން އެމައްސަލަ ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. އަދި އެނާއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަަލައިގައި އޭނާ ބައިވެރިވަނީ އޮންލައިންކޮށެވެ. އެކަމާއިވެސް ޕީޖީ ވަނީ ދެކޮޅު ހަދާފައެވެ. އަދި އޮންލައިންކޮށް އަލީ ވަހީދަށް ޝަރީޢަތުގައި ބައިވެރިވެވޭ ގޮތަށް ނިންމި ނިންމުންވެސް އިސްތިއުނާފްކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން