"ހިޔާ" ފްލެޓްތައް ލިބުނު ފަރާތްތަކަށް އެ ފްލެޓްތައް ދައްކާލުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ފްލެޓްތައް އާއްމުންނަށް ދައްކާލުމަށް ނިންމީ، ފްލެޓް ލިބުނު ގިނަ ބަޔަކު އެކަމަށް އެދެމުންދާތީކަމަށެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމަޔަށް ފްލެޓްތައް ބަލައިލުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް 4 ދަންފަޅިއަކަށް ބަހާލައިގެން، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 16:00 އާ ދެމެދު ފްލެޓްތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކޮންމެ ފްލެޓެއްވެސް ބަލާލުމުގެ ފުރުޞަތު ދެވޭނީ 2 މީހަކަށްކަމަށެވެ. އަދި ފްލެޓް ބަލަން އަންނައިރު އައިޑީކާޑުގެ އަސްލު ގެންނަންޖެހޭނެކަމަށާއި ފްލެޓް ބަލަން ވެރިފަރާތަކަށް ހާޒިރު ނުވެވޭނަމަ ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް ގެނައުމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ. އެޗްޑީސީން ބުނީ މި މުއްދަތުގެ ތެރޭގައި ފްލެޓް ބަލަން ނާދެވޭ ފަރާތްތަކަށް ދެން ފްލެޓް ދެއްކޭނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރާ ދުވަހުކަމަށެވެ.

ހިޔާ ފްލެޓްތައް އާއްމުންނަށް ދައްކަން ނިންމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ބަލައި، ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އަންދާޒާއެއް ހެދުމަށެވެ. ހިޔާ ފްލެޓްތައް ދައްކާލުމަށް ނިންމާފައިވާއިރު އަންނަމަހުގެ 14 ވަނަ ދުވަހު ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން