މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސްގެ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ކަނޑައެޅި ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބަންދު މުރާޖަޢާކޮށްދިނުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުނުކަމަށެވެ. ނަމަވެސް އެހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައިނުވާކަމަށް ބުނާ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ނަފީސް ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ އެމައްސަލަ ތަޙްޤީޤު ކުރުމަށް ޖޫން 23 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ފާސްކޮށް، މައްސަލަ ތަޙްޤީޤު ކުރުމަށް ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.



"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ނަފީސްއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔަކު ދޫކޮށްލި މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން