ރަނގަޅު އެލަވަންސްތަކެއް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރުކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަޤާމު އަދާކުރެއްވި އާދަމް ޝަރީފް މިއަދު ވިދާޅުވީ ބިދޭސީ ޓީޗަރުންނަށް އެލަވަންސްތައް ދޭ ގޮތަށް ރަށުން ބޭރުގައި މަސައްކަތްކުރާ ދިވެހި ޓީޗަރުންނަށްވެސް އެލަވަންސްތައް ދޭނަމަ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ލިބޭނެކަމަށެވެ. އަދި ޤައުމީ މަންހަޖު އެންމެ ރަނގަޅަށް ތަންފީޒުކުރެވޭނީ ދިވެހި ޓީޗަރުންނަށްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.



ރަނގަޅު އެލަވަންސްތަކެއް ދީގެން ދިވެހި ޓީޗަރުން ހޯދުމަށް އާދަމް ޝަރީފް ގޮވާލައްވާފައި މިވަނީ، ރާއްޖޭގައި އަރަބި އަދި ގުރުއާން ކިޔަވައިދިނުމަށް އިންޑިއާގެ ކެރެލާ ސްޓޭޓުން ޓީޗަރުންތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކެރެލާއިން ގުރުއާން އަދި އަރަބި ޓީޗަރުން ގެނައީ، ދިވެހި ޓީޗަރުން ނުލިބިގެންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން