ނޫސްވެރިކަމުގެ ނަމުގައި އަމިއްލަ އެޖެންޑާއެއް ކުރިއަށް ނެރެ ކަންކަން އޮޅުވާލުމަކީ ނޫސްވެރިކަން ނޫން ކަމަށް މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްޚާން ފަހުމީ ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީ، ނޫސްވެރިކަމުގެ ނަމުގައި މީހަކަށް ނޫހެއް ހަދައިގެން ތިމާމެންގެ އަމިއްލަ އެޖެންޑާ ފަތުރައި ރައްޔިތުންނަށް ކަންކަން އޮޅުވާލާ، "މާރކެޓިންގް ޖެއްސުމަކީ" ނޫސްވެރިކަން ނޫން ކަމަަށެވެ.

"މިކަހަލަ ނޫސްވެރިކަމެއް މިގައުމަށް ބޭނުމެއް ނުވޭ" މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްޚާން ފަހުމީ ވިދާޅުވިއެވެ.

އަލްހާން މިހެން ވިދާޅުވެފައިވާއިރު، ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދަވާ ނޫހެއްގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ޕްރޮސެކިއުޓަރ ޖެނެެރަލް އަހުމަދު ޝަމީމް ގެންދަވަނީ އެބޭފުޅުންގެ އަމިއްލަފުޅު އެޖެންޑާތައް ޕްރަމޯޓްކޮށް ކޮލަމް ލިޔުއްވަމުންނެވެ. ސަރުކާރުގެ ވެރިންނާއި ގާތް ގުޅުމެއް އޮންނަ މިނޫހަށް އެހެން ނޫސްތަކަށް ނުލިބޭ ބައެއް މައުލޫމާތާއި ފޮޓޯތައް ސަރުކާރުގެ އިދާރާތަކުން ލިބޭކަމަށް ބައެއް ނޫސްވެރިން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން