ސަރުކާރުގެ ލާދީނީކަން އިތުރަށް ހާމަވެގެން ހިނގައްޖެކަމަށް ސަލަފް ޖަމިއްޔާގައި އިސްކޮށް. ހަރަކާތްތެރިވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ ޖަމިއްޔަތުއްސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިހް މުޖުތަބާ ހަމީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން މިއަދު ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކުރުމުންނެވެ.

މުޖްތަބާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މި މަހުގެ ފުރަތަމަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. އެ ޓުވީޓުގައި މުޖްތަބާ ވިދާޅުވީ މެމްބަރުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަމަށެވެ.

މި ޓްވީޓްކުރުމާއި ގުޅިގެން މުޖްތަބާ ފުލުހަށް ހާޒިރުކުރުމުން، އަލީ ރަމީޒު ވިދާޅުވީ ދީނީގޮތުން މީހުން ސަމާލުކުރުމަށް އިލްމުވެރިޔަކު ބަހެއް ވިދާޅުވުމުގެ ސަބަބުން ފުލުހަށް ހާޒިރުކުރުމުން، މި ސަރުކާރުގެ ލާދީނީކަން އިތުރަށް ހާމަވެގެން ހިނގައްޖެކަމަށެވެ.



ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލާދީނީ ގޮވުން ހުއްޓުވާ ބިލާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިބިލުގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށް ބުނެ، ބިލު އަނބުރާ ގެންދިއުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެތެރޭގައި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ސަޢީދު

28-Jun-2021

އަލީރަމީޒު ކަލޭ ލާދީނީއޭކިޔާއަނގައަރުވަންހަޔާތްކޮބާ ރިސޯޓުތަކައްގޮއްސަބުއިރާތައްކޮބާ ތިޔަގައިގަޖަހާފަހުރިމަހަކީމިއުޒިކާއރކުލަވަކިޔައިގެންހޯދިފައިސާގެމަސް އޭހުއްދަކަމެއްތަ ބޮޑުފޯއްބޭ


1

އަޙްމަދް

27-Jun-2021

‎ދީންވެރިވެގެންނެ ނަމުގައި މަޝްހޫރުވީމަ އުޅެނީ ‎ ޢިލްމެއްނެތަސްމެ ލިބިފައި ފަތުވާދެމުންނެ ދުވަނީ ‎ތަޤްވާ ވެރިންގެ ނަމުގައި ދެއްކެންވެގެންނެ އުޅެނީ ‎ ޖޯޝާއި ފޯރިއަރުވައި ސިޔާސަ ވެގެންނެ އުޅެނީ


-1

އަޙްމަދް

27-Jun-2021

މިޚަބަރުގައި ޖަމިއްޔަތުއް ސަލަފަށް ނިސްބަތް ކޮށް ސަލަފު ޖަމިއްޔާ އޭ ކިޔާ ނަންދީފައިވާތީ ސަލަފުންނަކީ ކޮންބައިކަން ކުޑަ މިންވަރަކަށް ބަޔާން ކޮލާދެމެވެ. ފުރަތަމަ ތައުބާ ސޫރަތަގެ 100 ވަނަ އާޔަތަށް ބައްލަވާށެވެ. ސަލަފުންނަކީ : މުހާޖިރުންނާއި އަދި އަންޞާރުންގެ ތެރެއިން އިސްލާމް ދީނުގައި، ޢަޤީދާގައި އިސްވެގޮސްފައިވާ އަހުލުވެރިންނެވެ. އެބޭކަލުންނަށް އެއީ ސަލަފުއް ޞާލިޙްގެ ނަމުން ނަންދެވިފައިވެ އެވެ. އެބޭކަލުންނަށް މުހާޖިރުންނާއި އަދި އަންޞާރުންގެ ނަމުން ނަންދެވިފައިވެ އެވެ. އެބޭކަލުންނަށް ބައިޢަތުލް-ރިޟްވާނުގެ އަހުލުވެރިންނޭ ކިޔަ އެވެ. އަދި އަޞްޙާބުއް ޝަޖަރަ އޭ ބުނެވެ އެވެ. ބަދްރިއްޔޫންއޭ ބުނެވެ އެވެ.


6

އަޙްމަދް

27-Jun-2021

ސަލަފު ޖަމިއްޔާ އެއް ނޫނެވެ. ޖަމިއްޔަތުއްސަލަފެވެ. ޚަބަރު ފެތުރުމުގައި ޒިއްމާދާރު ވުން ކޮބާތޯއެވެ?


7

އިސްކުރުބެ

27-Jun-2021

މިސަރުކާރު ލާދީނީ ސަރުކާރަކަށް ނުވާ އެއްވެސް ސަބަބެއް ދައްކަން އެނގޭމީހަކު ހުރިނަމަ އަޅެފަހެ ދައްކަބަ އެކަމު އެދެއްކުމެއްވާންވާނެ ޢިލްމީ ޙަޤީޤަތުގެ. މައްޗައް ބުރަވެ ދައްކާދެއް ކުމަކަށް.


-4

Mohamed Zaeem

27-Jun-2021

Ali Rameez vidhaalhuvee dhedhufulheh dhebasvaane jaageyehneh



ޓްރެންޑިން