ރާއްޖޭގެ ލާދީނީ މީހުން ދީނީ އިލްމްވެރިންނަށް ދުއްތުރާކުރަނީ އެމީހުންގެ ފިކުރަށް ތަބާކުރުމަށް ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ތަފްސީރު އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ‏މައްކާގެ މުޝްރިކުން ޞަޙާބީންނަށް ދުއްތުރާތައް ކުރަމުން ގެންދިޔައީ ކާބަފައިންގެ ދީނަށް ރުޖޫޢަވުމަށް އެދި ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ލާދީނީ މީހުން ދީނީ ޢިލްމުވެރިންނަށް ދުއްތުރާ ކުރަނީ އެބައިމީހުންގެ ފިކުރަށް ތަބަޢަކުތުމަށް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެެވެ.

"ތަބައަ ނުވެއްޖެނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެ ބިރުދައްކާ." ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕޮރެފެސަރު ޑރ. އިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށައަޅާފައިވާ ލާދީނީ ކިޔުން މަނާކުރާ ބިލާ ގުޅިގެން ދީނީ އިލްމްވެރިންގެ ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

މިއަދު ޖަމިއްޔަތުލް ސަލަފްގެ އިސް އިލްމުވެރިއެއް ކަމަށްވާ ޝައިހް މުޖުތަބާ ހަމީދު ވެސް ވަނީ ފުުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލާއި ގުޅޭގޮތުން ދެއްކެވި ވާހަކަ އަކާއި ގުޅިގެންނެވެ.

ސަލަފު ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަދު ޝެއިހް މުޖުތަބާ ފުލުސްއޮފީހަށް ހާޒިރުކުރިކުރުން، އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އޭނާ ކުރެއްވި ޓްވީޓަކީ ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފައިވާ އާއްމު ނަސޭހަތަކަށްވެފައި، ދީނީ އިލްމުވެރިން ދައްކާ ވާހަކަތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށް ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލުގައި ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ވަނީ ބަޔާންކޮށްފައެވެ. އެ ބިލުގައި، އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ނަފުރަތުގެ އަމަލެއް ކަމާއި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އެބިލަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

kinboo

27-Jun-2021

kaley thihiree thabaa vegen laadheenee verikan genes konduves vihdhaigenennu. mila mududhaaru anga nugalhaa!



ޓްރެންޑިން