ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 208 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރޭ ނިޔާވެފައިވާކަމަށެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އޭނާ ނިޔާވި ރޭ 7:36 ހާއިރުކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 208 ވަނަ މީހާައެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މިހާތަނަށް 208 މީހަކު ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 191 ދިވެހިންނާއި 17 ބިދޭސީންނެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 72،678 އަށް އަރާފައެވެ. އަދި ބުދަދުވަހުގެ އިރުއޮއްސި 6:00 އިން އިއްޔެއިރުއޮއްސި 6:00 އަށް އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 4،262 ގައެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 52 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 160 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 157 މީހަކު ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން